ޚަބަރު

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އެހީއެއް


މިއަހަރުގެ ޒަކާތް ބަލައިގަންނަން ފަށާފައިވަނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުއެވެ. ކޯވިޑް 19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ލޮކްޑައުންކޮށްފައިވުމާ ގުޅިގެން މިއަހަރު އިސްލާމިކް މިނިސްޓްރީއަށް ގޮސްގެންނާއި ކައުންސިލްތަކަށް ގޮސްގެން ޒަކާތްދެއްކުމާއި، އަދި ގޮވާމުން ޒަކާތް ބަލައި ނުގަތުމަށް މިނިސްޓްރީއިންވަނީ ނިންމަވާފައެވެ.

އިސްލާމިކް މިނިސްޓްރީއަށް ގޮސްގެންނާއި ކައުންސިލްތަކަށް ގޮސްގެން ޒަކާތްދެއްކުމާއި، އަދި ގޮވާމުން ޒަކާތް ބަލައި ނުގަތުމަށް ނިންމިނަމަވެސް 5 ގޮތަކަށް އޮންލައިންކޮށް ޒަކާތްދެއްކޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީންވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ދިރާގު، އުރީދޫ އަދި އޫރިދޫ އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމްވަނީ ހަމަޖައްސަވާފައެވެ.

އުރީދޫ ކަސްޓަމަރުންގެ ތެރެއިން ފޯނުން އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނީ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ. ޒަކާތް ދެއްކުމަށް *909# ޖެއްސުވުމުން ޒަކާތް ދައްކަންޖެހޭ ގޮތުގެ ތަފްސީލް ފެންނާނެއެވެ.

އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ އެމް-ފައިސާ އެޕް މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. އުރީދޫން ޒަކާތް ބަލައިގަންނާނީ މެއިމަހުގެ 19ވަނަ ދުވަހުގެ ނިޔަލަށެވެ.

އުރީދޫން ޒަކާތް ބަލައިގަންނަގޮތުގެ ތަފްސީލް:

ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުން ޒަކާތް ދެއްކުމަށް *454*5# ޖެއްސެވުމުން ޒަކާތް ދައްކަންޖެހޭ ގޮތުގެ ތަފްސީލް ފެންނާނެއެވެ.

އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ކަސްޓަމަރުންނަށް "ދިރާގު ޕޭ" މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ.

ދިރާގު މެދުވެރިކޮށް ޒަކާތް ދައްކާނެގޮތުގެ ތަފްސީލް:


ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޒަކާތް ދެއްކޭނީ ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށެވެ.

ބީއެމްއެލް މެދުވެރިކޮށް ޒަކާތް ދައްކާނެގޮތުގެ ތަފްސީލް:

މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ޒަކާތް ދެއްކޭނީ އެމްއައިބީގެ އޮންލައިން ބޭންކިންގ "ފައިސާ ނެޓް" މެދުވެރިކޮށާއި، އެމްއައިބީގެ މޯބައިލް ބޭންކިންގ "ފައިސާ މޮބައިލް" މެދުވެރިކޮށެވެ.

އެމްއައިބީ މެދުވެރިކޮށް ޒަކާތް ދައްކާނެގޮތުގެ ތަފްސީލް:

މި ޕްލެޓްފޯމްތައް މެދުވެރިކޮށް، އެކި ބާވަތްތަކުން ޒަކާތް ދައްކަންޖެހޭ މިންވަރާއި ފައިސާގެ އަދަދުތަކުގެ ތަފްސީލް ލިބޭނެއެވެ.

ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ.

މާލޭ ވިލިމާލޭ އަދި ހުޅުމާލޭގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީ:
• އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާ
• ތައިލެންޑް ހުދު ހަނޑުލުންނަމަ 48 ރުފިޔާ
• ބާސްމަތީ ހަނޑުލުންނަމަ 105 ރުފިޔާ
• ރަތް ހަނޑުލުންނަމަ 65 ރުފިޔާ
• އާދައިގެ ފުށުންނަމަ 12 ރުފިޔާ
• އާޓާ ފުށުންނަމަ 55 ރުފިޔާ

ފަގީރުންގެ ދަފްތަރުގައި މުޅި ރާއްޖެއިން 8700 އަށްވުރެގިނަ މީހުން ތިބިކަމަށް އިސްލާމިކް މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.