ޚަބަރު

"ހައު ޓު ތިންކް ކްލިއަރލީ"ގެ ނަމުގައި ލެކްޗަރއެއް ބާއްވައިފި


ސިވިލް ސަރވިސް ޓްރޭނިންގް އިންސްޓިޓިއުޓުން އާންމުންނަށް ހުޅުވާލައިގެން "ހައު ޓު ތިންކް
ކްލިއަރލީ"ގެ ނަމުގައި ލެކްޗަރއެއް ބާއްވައިފިއެވެ. 

މިއަދު ޝީ ބިލްޑިންގައި
ބޭއްވި މި ލެކްޗަރގައި ބައިވެރިންނަށް މައުލޫމާތު ދެއްވީ ޕްރޮފެސަރ
އުގެއިލްއެވެ. އާންމު ދިރިއުޅުމުގައި ދިމާވާ ކަންކަމާއި، މަސައްކަތު މާހައުލުގައި
ދިމާވާ ކަންކަމުގައި ވިސްނުން ގެންގުޅެންވީ ގޮތާއި، ކަންކަމާމެދު ވިސްނުމުގައި ރަނގަޅު ގޮތުގައި ސިކުނޑި ބޭނުންކުރާނެ ގޮތުގެ މައްޗަށް ޕްރޮފެސަރ
އުގެއިލް އަލިއަޅުއްވާލެއްވިއެވެ.

އަދި އާންމުކޮށް ކަންކަމުގައި ވިސްނާ ފިކުރު
ހިންގުމުގައި ދިމާވާ މައްސަލަތަކާއި، އެކަންކަން ހައްލުކުރާނެ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ކޮންމެ
ކަމެއްގައިވެސް އެހެންމީހުންގެ ޚިޔާލު ބަލައިގަތުމާއި، ތިމާގެ ވިސްނުމަށްވުރެ
އަނެކާގެ ވިސްނުން މޮޅުވެދާނެކަމަށް ދެކުމަށް ޕްރޮފެސަރ އުގެއިލް
އިލްތިމާސްކުރެއްވިއެވެ. އަދި އާންމު ދިރިއުޅުމުގައި މީހުންގެ ފަރާތުން އިވޭ
ވާހަކަތައް ޤަބޫލުކުރުމުގެ ކުރިން އެކަންކަން ހިނގިގޮތް އަމިއްލައަށް ބަލައި
ދިރާސާކުރުން މުހިންމު ކަމަށް ޕްރޮފެސަރ އުގެއިލް ފާހަގަކުރެއްވިއެވެ. 

ސިވިލް
ސަރވިސްގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، ސިޔާސީ މަޤާމުތަކުގައި
ތިއްބަވާބޭފުޅުންނަށް އަމާޒުކޮށްގެން ދެއްވި މި ލެޗްޗަރގައި ސިވިލް ސަރވިސް
ކޮމިޝަންގެ މެންބަރުންގެ އިތުރުން އެކި މިނިސްޓްރީތަކުގެ އިސް މަޤާމުތަކުގައި
ތިއްބަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

 މިއީ ސިވިލް ސަރވިސް ޓްރެއިނިންގ
އިންސްޓިޓިއުޓުން މިއަހަރު ބާއްވާ މިފަދަ ދެވަނަ ލެކްޗަރެވެ.