ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނަކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު އެލަރޓް ނެރެފިެއެވެ.
މި އެލަރޓް ނެރެފައިވަނީ މިއަދު ހަވީރު 17:00 އިން 21:00 އަށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރއަކީ މިއީ ދެ މޫސުން ބޭދޭ ދުވަސްވަރަކަށް ވުމާއެކު ކުރާ ވިއްސާރައެއްކަމަށެވެ.
އެ އިދާރާއިން ވިދާޅުވީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވިކަމުގައި ވީނަމަވެސް އާއްމުކޮށް ކަނޑު މަޑުވާނެކަމަށާއި އެއްވެސް ރަށަކަށް އުދަ އަރާނެކަމަށް ލަފާނުކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.