މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމެޕެނީ އަށް ނެދަލެންޑުން ގެންނަ ޑްރެޖަރ ބޯޓު ގަތުމައްޓަކައި އެޑްވާންސް ޕޭމަންޓް ދައްކަައި ނިންމާފައިވާކަމަށާއި 2017 ވަނަ އަހަރުގެ ކުރީކޮޅު އެ ޑްރެޖަރ ރާއްޖެ ގެނެވޭނެކަމަށް އެކުންފުނީގެ ސީ.އީ.އޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.ޕީ.އެސް.އެމްއަށް ދެއްވި ބަސްދީގަތުމެއްގައި ސީ.އީ.އޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، ޑްރެޖަރ ބަނުމަށް މަޝްހޫރު ނެދަލޭންޑްގެ އައި.އެޗް.ސީ ކުންފުނިން އަލަށް ބަނދެގެން އެމް.ޓީ.ސީ.ސީއަށް ގެންނަ އެ ޑްރެޖަރ ބޯޓްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، މިހާރު ކުރިއަށްދަނީ ބޯޓުގެ އިންޖިނިއަރިންގެ މަސައްކަތްކަމަށެވެ.ރާއްޖޭގެ ރަށްތަކުގެ ފަޅުފުން ކުރުމާއި ބިން ހިއްކުމުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމަށް "އެމް.ޓީ.ސީ.ސީ" އަށްގެންނަނީ 36 މިލިޔަން ޑޮލަރުގެ ޑްރެޖަރ ބޯޓެކެވެ. މިހާރު އެކުންފުނީގައި ބޭނުންކުރާ ހިއްކާ ބޯޓުތަކަށްވުރެ އެތައް ގުނައެއް ބޮޑު މި ޑެރަޖަރ ބޭނުންކޮށްގެން ދެދުވަހުން ހެކްޓްރެއްގެ ބިން ހިއްކޭނެކަމަށް އެމް.ޓީ.ސީން ބުނެއެވެ. މި ޑްރެޖްރ ބޯޓު ގެނެވުމުން ހުޅުމާލެ ހިއްކައިން ގެނައި ޑްރެޖިންގ އިންޓަނޭޝަނަލް ގެ ބޯޓާއި ގާތްތގަނޑަކަށް އެއްވަރަކަށް ބިން ހިއްކުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް އެމް.ޓީ.ސީ.ސީ އަންދާޒާކުރާއިރު، ބޯޓް ގެނައުމަށްފަހު އެކުން ފުނިން ބިންހިއްކުމާއި ފަޅުފުކުރުމަށް ކުރިޔާގެންދާ ޕްރޮޖެކްޓްތަށް އިތުރަށް ފުޅާވެ، ފެންވަރު ރަނގަޅުވެގެންދާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.ސަރުކާރުގެ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ބޭރުންކުރުމަށް ޑްރެޖްރ ބޯޓު ރާއްޖެއިން ބޭރުން ގެނައުމުގެ ބަދަލުގައި 2016 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ގިނަ ބިންތައް ހިއްކާނީ ރާއްޖޭގެ އަމިއްލަ ބޯޓަކުން ކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ޑްރެޖަރ ބޯޓް އެމް.ޓީ.ސީއަށް ގަންނަނީ ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ.