ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 214އަށް


ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 214އަށް އަރައިފިއެވެ. މިއަދު އެކަނިވެސް ރާއްޖެއިން 73 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.

އެ ސެންޓަރުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ މިރޭ އަލަށް ޕޮޒިޓިވްވި 23 މީހުންގެ ތެރޭގައި އެއްވެސް ކްލަސްޓަރ އަކާ ގުޅުމެއް ނެތް މީހުންވެސް ހިމެނޭކަމަށެވެ.

މި މީހުންނާ ގުޅޭ ތަފްސީލް އެޗްޕީއޭއިން އަދި ހާމަކުރައްވަފައެއް ނުވެއެވެ. އެޗްޕީއޭއިން އެންމެފަހުން ހާމަކުރައްވާފައިވަނީ 2 ދިވެއްސަކާއި ޕާކިސްތާނުގެ ރައްޔިތެއް ޕޮޒިޓިވްވެގެންނެވެ. އެއީ މިއަދު އިރުއޮއްސެން އުޅެނިކޮށެވެ. އޭގެކުރިން މިއަދު ހަވީރުވަނީ އިތުރު 11 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައިހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 9 މީހުންނާއި، އިންޑިއާ މީހެއްގެ އިތުރުން ދިވެއްސެކެވެ.

މިބަލިން މިހާތަނަށް ރަނހަޅުވެފައިވަނީ ޖުމްލް 17 މީހުންނެވެ. މިހާރު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 214އަށް އަރާފައެވެ.