ކުޅިވަރު

އިނާސް 400 މީޓަރ ދުވުމުގެ ފައިނަލް ބުރަށް


ހަތަރު ސަތޭކަ މީޓަރު ދުވުމުގެ ފައިނަލް ރައުންޑުން ރާއްޖޭގެ ދުވުންތެރިޔާ
ހުސެއިން އިނާސް ޖާގަ ހޯދައިފިއެވެ. އިނާސް ފައިނަލް ބުރަށް ދަތުރުކުރީ މިއަދު
އޭނާ ދުވި ހީޓްގައި ތިންވަނައަށް ރޭސް ނިންމައިގެންނެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޒުވާން އެތްލީޓް މިއަދު ރޭސް
ނިންމީ 49:99 ސިކުންތުންނެވެ.



މިހީޓްގައި ވާދަކުރި ފަސް އެތްލީޓުންގެ ތެރެއިން މަޑަގަސްކަރައިގެ އެތްލީޓް
ކަށިގަނޑުގެ ކުރިން ރޭސް ފެށުމުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ރާއްޖޭގެ އެތްލީޓް
ތިންވަނައަށް ރޭސް ނިންމި ނަމަވެސް ދެވަނައިގައި އޮވެ އޭނާ ވަނީ ފައިނަލް ބުރަށް
ތައްޔާރުވުމަށް ވަކި ހިސާބަކުން ދުވެލި މަޑުކޮށްފައެވެ.



މިއިވެންޓްގެ ދެ ހީޓުން ފައިނަލް ރައުންޑަށް ކޮލިފައިވަނީ ޖުމްލަ 8 އެތްލީޓުންނެވެ.
އެއީ ކޮންމެ ހީޓެއްއްގެ ޓޮޕް ތިން އެތްލީޓުންނާއި، ދެން ތިބި އެތްލީޓުންގެ
ތެރެއިން އެންމެ ޓައިމިންގ ރަނގަޅު ދެ އެތްލީޓެވެ.



ފައިނަލް ރައުންޑްގައި ހުސެއިން އިނާސް ދުވުމަށް ހަމަޖެހިފައިވަނީ
މާދަމާއެވެ. ނަމަވެސް ރައްޖޭގެ ތިން އެތްލީޓުން މިއަދު ހަވީރު 800 މީޓަރުގައި ދުވާނެއެވެ.