ސިޔާސީ

އެޗްއާރުސީއެމަށް އައްޔަންކުރުމަށް ދެބޭފުޅުންގެ ނަން މަޖިލީހަށް


ހިއުމަން ރައިޓްސް
ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗްއާރުސީއެމްގެ ދެ
މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެމަގާމަށް
ކުރިމަތިލުމަށް އިއުލާނު ކުރުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން
ދެބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް،
ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. 

އެބޭފުޅުންނަކީ، ރ. ކަނދޮޅުދޫ، ހުސްނުހީނާގޭ މޫސާ އަލީކަލޭފާނާއި، ސ.ހިތަދޫ،
ޝުމައިސް، ނައިވީން އަބްދުﷲ ގެ ނަންފުުޅެވެ. އެ ދެ ނަންފުޅު މަޖިލީހުގެ
ތަޅުމަށް އިއްވުމަށްފަހު ވަނީ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ
އަށް ފޮނުވާފައެވެ. 

އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

އެޗްއާރްސީއެމްގައި މިހާރު ހިމެނޭ ދެ މެމްބަރެއްގެ މަގާމުގެ މުއްދަތު
ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހަށެވެ. ހިއުމަން
ރައިޓްސް ކޮމިޝަން އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ.