ޚަބަރު

އޮފީސް ޓެލެޑްރާމާ މުބާރާތުން އެއްވަނަ ހައުސިންގ މިނިސްޓްރީއަށް


އެންސީއޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން 1 ވަނަ ޑްރާމާއަކަށް ހައުސިންގ މިނިސްޓްރީގެ ޑްރާމާ "އެއްފަސް" ހޮވިއްޖެއެވެ.މިރޭ އޮލިންޕަހުގައި އޮތް ރަސްމިއްޔާތެއްގައި މުޅި މުބާރާތުން އެންމެ މޮޅު ޑްރާމާއަށް ދޭ ފަންސާސްހާސް ރުފިޔާއަދި ތަށި ހަވާލުކޮށްދެއްވި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓް މުހައްމަދު ސަޢީދެވެ. މި ރަމަޟާން މަހު ނޭޝަނަލް ސެންޓަރ ފޯ ދި އާރޓްސް އެން.ސީ.އޭ އިން އިސްނަގައިގެން ބޭއްވި މުބާރާތުގެ އެންމެ ބޮޅު 3 ޑްރާމާއަކަށް ހޮވިފައިވަނީ ހައުސިގް މިނިސްޓްރީގެ އެއްފަސް ޑްރާމާގެ އިތުރުން، އެމް.އެން.ޑީ.އެފް ގެ ޑްރާމާ ނުރުހުނަސް އަދި ފެނަކައިގެ ފަރާތުން ހުށައެޅި ޑްރާމާ "ޒަހަމްވި ހިތް" ޑްރާމާއެވެ.މިރަސްމިއްޔާތުގައި މުބާރާތުން އެންމެ މޮޅު އެކްޓަރ އަދި އެކްޓްރެސްގެ މަޤާމުވެސް ވަނީ ހޮވާފައެވެ. އެގޮތުން އެންމެ މޮޅު އެކްޓަރގެ މަޤާމު ހޯދާފައިވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑްރާމާ "ދިރިތިބުމަށް"ގެ ހަސަން އަބްދުލް ކަރީމެވެ. އަދި އެންމެ މޮޅު އެކްޓްރެސްއަކަށް ހޮވިފައިވަނީ ފެނަކައިގެ ޑްރާމާ ޒަޚަމްވި ހިތުގެ އަޒްލީފާ އިބްރާހީމެވެ.