ފުޓުބޯޅަ

ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމަށް މުބާރާތް ނިމިއްޖެ


އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމް ސީޝެލްސް އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ މުބާރާތާއި އަލްވަދާއު ކިޔައިފިއެވެ.



ސީޝެލްސް މި މެޗު ކާމިޔާބުކުރީ ހަތަރެއް އެކަކުން ނެވެ. މި މެޗުގައި ރާއްޖޭގެ ޓީމަށް ގޯލު ޖަހައިދިނީ ޝާމިލާއެވެ. އޭނާ މި ގޯލު
ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. މި މެޗުގައި ސީޝެލްސް ޓީމު ކާމިޔާބުކުރި
ގޯލްތަކުގެ ތެރެއިން ފުރަތަމަ 3 ގޯލު އެ ޓީމަށް ޖަހައިދިނީ ނަތާޝާއެވެ. އަދި ހަތަރު
ވަނަ ގޯލު އެޓީމަށް ޖަހައިދިނީ ވެސްލާއެވެ.



މުބާރާތުގައި ރާއްޖޭގެ
އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި މަޔޯޓް އަތުން ވަނީ ޕެނަލްޓީ ޖަހައިގެން
ބަލިވެފައެވެ. ރާއްޖެ ހިމެނޭ ގްރޫޕްގައި ހިމެނެނީ ޖުމްލަ 3 ޓީމެވެ.