ޚަބަރު

ކޮމްޕިއުޓަރ އަދި ފޯނަށް ގެއްލުންދޭ އާ ވައިރަހެއް


ކޮމްޕިއުޓަރާ ފޯން ފަދަ ޑިވައިސްތަކަށް ގެއްލުންދޭ ވައިރަސްއެއް މިހާރު ދުނިޔޭގައި ދައުރުވަމުންދާ ކަމަށްް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ ސްޓާފް ސަރޖެންޓް ހުސެން ފަޒީލް ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކަށް އަލަށް ފެނިފައިވާ މިވައިރަހަކީ ސޮފްޓްވެއަރ ތަކަށް ގެއްލުންދޭ އެއްޗެއްކަމަށާއި މީގެ ސަބަބުން މީހުންގެ އެކައުންޓްތަކުގެ މައުލޫމާތުތަކަށް އެކްސެސް ނުވުން ފަދަކަންތައް ހިމެނޭކަމަށެވެ.ހުސެން ފަޒީލް ވިދާޅުވީ އެފް.ބީ.އައި ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި ވައިރަސްގެ ސަބަބުން އިންޑަސްޓްރީތަކަށް މިލިޔަނެއްހާ ރުފިުާގެ ގެއްލުން ލިބިފައިވާކަމަށެވެ. އަދި މި ވައިރަސް ރާއްޖޭގައި އުޅޭކަމުގެ މައުލޫމާތެއް  ލިބިފައި ނުވާކަމަށް ހުސެން ފަޒީލް ވިދާޅުވިއެވެ. އަދި މި ފަދަ ވައިރަސްތަކުން ދިފާޢުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށްވެސް ފަޒީލް ވިދާޅުވިއެވެ.ފޯނާއި ކޮމްޕިއުޓަރ ފަދަ ވަސީލަތްތައް ގެންގުޅޭ ފަރާތްތަކުން ސޮފްޓްވެއަރ އާއި އެނޫންވެސް ތަކެތި ޑައުންލޯޑްކުރައްވާއިރު އޭގެ ފުރިހަމަ މައުލޫމާތު ލިބިގެން މެނުވީ ޑައުލޯޑް ނުުކުރުމަށްވެސް ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ޑިޕާޓްމެންޓުން އިލްތިމާސްކުރެއެވެ.