އެތުލެޓިކްސް

100މީޓަރ ދުވުމުގެ ފައިނަލަށް ސާއިދު


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100މީޓަރ ދުވުމުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފިއެވެ. ހީޓްގެ އެއްވަނައިގެ ގޮތުގައި ހަސަން ސާއިދު ފައިނަލުން ޖާގަ ހޯދީ 10.86 ސިކުންތުން ރޭސް ނިންމައިގެންނެވެ. ފައިނަލްގައި ސާއިދު ވާދަކުރާނީ މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރުއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސާއިދުވަނީ ރަން މެޑަލަކަށް އަމާޒު ކަނޑައަޅާފަ އެވެ. ހަސަން ސާއިދު އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބާރު ދުވުންތެރިޔާއެވެ.