ހޭންޑްބޯލް

ހޭންޑް ބޯލް ޓީމް މޮރިޝަސް އަތުން ބަލިވެއްޖެ


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ހޭންޑް ބޯލް ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.މިއަދު ރީޔޫނިއަންގައި ކުޅުނު މިމެޗުން ރާއްޖޭގެ ހޭންޑް ބޯލް ޓީމް ބަލިވީ 34 ޕޮއިންޓް 13 ޕޮއިންޓުން. މެޗްގެ ފުރަތަމަ ސެޓްގައި ރާއްޖެ ވަނީ ރަނގަޅަށް ކުޅެފައެވެ. ފުރަތަމަ ސެޓް ނިމުނީ މޮރިޝަސް 14 ރާއްޖެ 5. ދެވަނަ ހާފްގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ރިޝްމާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެވަނަ ހާފްގެ ބޮޑުބައި ރާއްޖެ ކުޅެން ޖެހުނީ ރިޝްމާ ނެތިއެވެ. މެޗަށްފަހު ރާއްޖެ ޓީމްގެ ކެޕްޓަން ޝިޒްނާ ރަޝީދު ބުނީ މެޗްގެ ނަތީޖާ މާ ތަފާތުވީ އެންމެ މހުންމު އެއް ކުޅުންތެރިޔާ ރިޝްމާ ދެވަނަ ހާގްގައި ނެތުމުން ކަމަށެވެ. އަދި މިއީ ރަނގަޅު ތަޖުރިބާއެއްގެ ގޮތުގައި ޝިޒްނާ ފާހަގަ ކުރިއެވެ.  ގޭމްސްގެ ދެވަނަ މެޗްގައި ރާއްޖެ މާދަމާ ނިކުންނާނީ ރީޔޫނިއަންއާ ދެކޮޅަށެވެ.