ދުވަސްތަކަކަށް ސްކޫލްތަކުގެ ކިޔެވުން މެދުކެނޑިފައި އޮތުމަށް ފަހު އަލުން
ސްކޫލްތަކުގެ ކިޔެވުން މާދަމާ ފެށޭނެއެވެ. ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްކޫލްތަކުގެ ކިޔެވުން
މެދުކަނޑާލާފައިވަނީ ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން ދިޔަ ޑެންގީހުމާ
ގުޅިގެންނެވެ.
އެޑިޔުކޭޝަން
މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި ސްކޫލްތަކުގެ ކިޔެވުން މެދުކެނޑިފައިވާ
ދުވަސްތަކުގެ ފިލާވަޅުތައް ނަގައިދުނުމުގެ ކަންކަން ސްކޫލްތަކުން ހަމަޖައްސަވަމުން
ގެންދަވާނެއެވެ.
ސްކޫލްތަކުގެ
ކިޔެވުން މެދުކަނޑާލާފައި ވީނަމަވެސް މިހާރުވެސް ޓީޗަރުން ދަނީ ސުކޫލްތަކަށް
ނިކުންނަވަމުންނެވެ.މާދަމާ ސްކޫލްތައް ފެށޭއިރު ގްރޭޑް ދިހައެއްގެ
ދަރިވަރުންނަށް މިއަހަރުގެ ދެވަނަ ޓާރމްގެ އިމްތިހާން އޮގަސްޓް ސޯޅައިން
ހަތާވީހަށް އޮންނާނެއެވެ.
ކިޔެވުން
މެދުކަނޑާލާލުމާއިގުޅިގެން ބެލެނިވެރިންނާއި ސުކޫލްތަކުން ދެއްވި އެއްބާލުމަށް
އެޑިޔުކޭޝަން މިނިސްޓްރީން
ވަނީ އެފަރާތްތަކަށް ޝަކުރު އަދާކުރައްވާފައެވެ.