ޚަބަރު

އެމް.ޓީ.ސީ.ސީގެ ބޯޑަށް ބޭފުޅަކު އައްޔަންކުރައްވައިފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީގެ ބޯޑަށް ށ. ކަނޑިތީމު، ޕެރިސް މުހައްމަދު ހިލްމީ އައްޔަން ކުރައްވައިފިއެވެ.ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޓުން މިބަދަލު ގެންނެވިކަން އެމް.ޓީ.ސީ.ސީން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. އެމް.ޓީ.ސީ.ސީގެ ބޯޑަށް ގެނައި މިބަދަލާއެކު މިހާރު އެކުންފުނީގެ ބޯޑުގައި ހިމެނެނީ މުޅިއެކު 9  މެންބަރުންނެވެ. އެއީ ސަރުކާރުގެ 5 ޑިރެކްޓަރުންނާއި، އާންމު 4 ޑިރެކްޓަރުނެވެ. މީގެތެރެއިން 2 ޑިރެކްޓަރުންނަކީ ކުންފުނި ހިންގުމުގައި ސީދާ ހަރަކާތްތެރިވާ 2 ޑިރެކްޓަރުނެވެ.އަލަށް ބޯޑަށް އައްޔަން ކުރެއްވި މުހައްމަދު ހިލްމީވެސް އެބޯޑަށް އައްޔަންކުރައްވާފައިވަނީ އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި، ހިލްމީގެ އިތުރުން އެމް.ޓީ.ސީ.ސީ ގެ ސީ.އީ.އޯ އަދި ބޯޑް ޑިރެކްޓަރ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމްއަކީވެސް އެގްޒެކެޓިވް ޑިރެކްޓަރެކެވެ.