ޚަބަރު

އެންދަމަން ފޭބި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ


އެންދަމަން ފޭބި ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. 28 އަހަރުގެ މިޒުވާނާ މަރުވެފައި އޮއްވާ ފެނިފައިވަނީ އެންދަމަން ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ.

އެމްއެންޑީއެފުން ވިދާޅުވީ އޭނާ އެންދަމަން ފައިބާފައިވަނީ، ގދ.ކޮނޮއްޓާ ރިސޯޓް މޯލްޑިވްސްގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރަށްކަމަށެވެ. ފުޅިއަޅައިގެން އެންދަމަން ފޭބި ޒުވާނާގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފުން އޭނާ ހޯދަން ފަށާފައިވަނީ މިރޭ 20:12 ހާއިރުއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އޭނާގެ ހަށިގަނޑު ފެނުނީ ކޯސްޑްގާޑުގެ ޑައިވަރުންގެ ޓީމުން ފީނަމުން ދަނިކޮށް މޫދު އަޑިންކަމަށާއި، އޭނާ ނެގިއިރުވެސް މަރުވެފައިވާކަމަށެވެ.