މިރޭ 8:30 އާއި ހަމަޔަށް ކޯވިޑް-19 އަށް ޓެސްޓްކުރުމަށް 3000އަށް ވުރެ ގިނަ މީހުންގެ ސާމްޕަލް ނަގާފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.
އެ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މހާތަނަށް 3614 ސާމްޕަލެއް ނަގާފައިވާކަމަށާއި މީގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ 28 މީހެކެވެ. މީގެ ތެރެއިން 16 މީހަކު ރަނގަޅުވެފައި ވާއިރު 11 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ރާއްޖެއިން ބޭރުގައި 2 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި މި ސާމްޕަލްތަކުގެ ތެރެއިން 3296 ސާމްޕަލެއް ވަނީ ނެގެޓިވް ވެފައެވެ. އަދި 292 ސާމްޕަލެއްގެ ނަތީޖާ ލިބިފައިނުވާކަމަށާއި މީގެ ތެރޭގައި ކުރެއްދޫ ރިސޯޓުން ނެގި 246 ސާމްޕަލް ހިމޭނޭކަމަށް މަބްރޫކް ވިދާޅުވިއެވެ.
"މިވަގުތު ކަރަންޓިން ފެސިލިޓީގައި 1053 މީހަކު އެބަތިބި . 26 ފުލޫ ކްލިކް ހުރި އިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެ ކްލިނިކްތަކަށް 97 މީހަކު ވަނީ ދައްކާފަ. މަބްރޫކް ވިދާޅުވިއެވެ."
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑޮކްޓަރ ނަޒްލާ ރަފީޤު ،ވިދާޅުވީ މާލެއިން މި ބަލި ޖެހުނު މީހުންނާއި ސީދާ ކޮންޓެކްޓް ވި މީހުންގެ ކިބައިން މި ބައްޔަށް ޝައްކުވާ އަލާމާތްތަކެއް ފެނުމާއިގުޅިގެން މިމީހުންނާއި ބައްދަލުވި މީހުންވެސް އެކަހެރިކޮށްފައި ވާކަމަށެވެ. އަދި ކޯވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހުންނާ ސީދާ ދިމާވި 274 މީހަކު އައިސޮލޭޓްކޮށްފައިވާމަށް ނަޒްލާ ވިދާޅުވިއެވެ.
"ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި 29000 ކޭސްތޯ ނުވަތަ 19000 ކޭސްތޯ ފެންނާނީ އެކަން އޮތީ ތިބޭފުޅުންގެ އަތްމަތީގައި. އެއް ބިލްޑިންގުގެ ތެރޭގައި ވެސް މަސްހުނި ނުވެ ގޭގައި މަޑުކޮށްލުން އަޅުގަނޑުމެން އެދެނީ" ނަޒްލާ ވިދާލުވިއެވެ.
މާލެއިން ކޯވިޑް-19ގެ ފުރތަމަ ކޭސް ފެނިފައި ވަނީ މިދިޔަ ބުދަދުވަހެވެ. މިއާއެކު މިބަލި ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ސަރުކާރުން ވަނީ މާލެ ސަރަހައްދު ފުރަބަންދުކޮށްފައިވާ މުއްދަތު ދެހަފްތާއަށް އިތުރުކޮށްފައެވެ. އަދި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުންވެސް ވަނީ މަނާކޮށްފައެވެ.