ޚަބަރު

އިންތިޚާބަށް ސަސްޕެންޑް ކުރި މުވައްޒިފުންގެ މައްސަލާގައި ސީއެސްސީ ކަންބޮޑުވެއްޖެ


ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅި މީހުންގެތެރެއިން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބެމުންދާ ގެއްލުންތަކަށް ޤާނޫނީ ހައްލެއް ހޯދުމަށްޓަކައި އެމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ސިވިލްސާވިސް ކޮމިޝަނުން ނިންމަވައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ސަބަބުން އިންތިޚާބަށް ކުރިމަތިލެއްވި ކެނޑިޑޭޓުންގެ ތެރެއިން ސަސްޕެންޑްކޮށްފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަނުގެ މުއްދަތު އިތުރުވެގެންދާދިއުމަށް ޙައްލެއް ގެނެވޭނެ ގޮތްތަކެއް ހޯދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނާ މަޝްވަރާކުރުމަށްވެސް ނިންމަވާފައިވާކަމަށް އެކޮމިޝަނުން ވިދާޅުވެފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 13ވަނަ މާއްދާގެ (ނ)ގެ ދަށުން މުސާރައާއި ޢިނާޔަތްތައް ނުލިބޭގޮތަށް ސަސްޕެންޑްވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މި ހިނގާ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތް ލިބިދިނުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރައްވަމުންދާކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.