ޚަބަރު

ކޯވިޑް-19 : އެސްޓީއޯ މެޑިކަލްސްއިން ގޭގެއަށް ބޭސް ފޮނުވައިދޭން ފަށައިފި


މިވަގުތު ކޮންމެހެންވެސް ބޭސް ސިޓީއަށް ބޭސް ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ މެޑިކަލްސްގެ ފަރާތުން އެކަންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފިއެވެ.

އެސްޓީއޯ މެޑިކަލްސްއިން ކުރި ޓުވީޓެއްގައި ވިދާޅުވީ ބޭސް ސިޓީއާއި އައިޑީކާޑުގެ ފޮޓޯއެއް އެސްޓީއޯ މެޑިކަލްސްގެ ނަންބަރު 7922035އަކަށް ފޮނުވުމުން އެކަން ހަމަޖެހޭނެކަމަށެވެ. އަދި ބޭސް ފޮނުވަންވީ އެޑްރެހާއި ގުޅޭނެ މަޢުލޫމާތު ފޮނުވުމުން އެސްޓީއޯގެ ބޭސްފިހާރަތައް މެދުވެރިކޮށް ބޭސް ގޭގެއަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާކަމަށް އެސްޓީއޯ މެޑިކަލްސްއިން ވިދާޅުވެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން ބޭސް ސިޓީގެ މައުލޫމާތު 7291120 ނަންބަރަށް ފޮނުވުން ބޭސް ނަގައިދިނުމުނެ އިންތިޒާމުތައް ހަމަޖެހޭނެކަމަށް އެސްޓީއޯ މެޑިކަލްސްއިން ވިދާޅުވެއެވެ.

ކޯވިޑް ނަވާރައަށް ޕޮޒިޓިވްވި މީހުން މާލެއިން ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ލޮކްޑައުންކޮށްފައިވާ މިޙާލަތުގއި ޢާއްމުނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރާއި ކަމާބެހޭ ހުރިހާ ފަރާތެއް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޢާއްމުން ގޭގައި ތިބޭ ވަގުތުތަކުގައި ބޭރުން ހޯދަން ޖެހޭ ޚިދުމަތްތައް ގެއާއި ހަމައަށް ފޯރުކޮށްދިނުމުގެ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ކާބޯތަކެތި ޑެލިވަރކުރުމާއި ގެއަށް ބޭނުންވާ އެހެނިހެން ޒަރޫރީތަކެއްޗާއި ބޭސް ގޭގެއަށް ގެންގޮސްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.