ޚަބަރު

ކޯވިޑް-19 : ތައިލެންޑްގެ 55 މީހަކު ގޮވައިގެން މޯލްޑިވިއަންގެ ކާގޯ ފްލައިޓް ފުރައިފި


ބެންކޮކްގައި ތިބި ދިވެހި ޢާއިލާތަކަށް ބޭނުންވާ ތަކެތި ހިފައިގެން މޯލްޑިވިއަންގެ ފްލައިޓް ފުރައިފިއެވެ.

މި ފްލައިޓް ރާއްޖެއިން ފުރާފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރަން އައިސް އުޅޭ ތައިލެންޑްގެ ރައްޔިތުންނާއި ތައިލެޑްގެ ފަތުރުވެރިން ގޮވައިގެންނެވެ. މީގެ ތެރޭގައި ތައިލެންޑްގެ 55 މީހުން ހިމެނެއެވެ.

ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޮނުވުމަށް ފުރުޞަތު ހުޅުވާލީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ކެއަރ ޕެކޭޖްގެ ގޮތުގައި މިތަންތަނަށް ފޮނުވޭނީ އެ ޤައުމުގައި މިވަގުތު ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެންވެސް ޒަރޫރީ ކަމެއްގައި ފޮނުވާތަކެތިކަމަށާ، ކޮންމެ ޢާއިލާއަކަށްވެސް ގިނަވެގެން ފޮނުވޭނީ 15 ކިލޯގެ ތަކެތިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މޯލްޑިވިއަނުން ގެންދަނީ ދިވެހިން އުޅޭ ޤައުމުތަކުގައި ތިބި މީހުންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ކާގޯ ފްލައިޓްތައް ބާއްވަމުންނެވެ. މިފަދަ ފްލައިޓްތތަކުގައި ރާއްޖޭގައި ތިބި އެހެން ޤައުމުތަކުގެ ރައްޔިތުންވެސް އެ ޤައުމަށް ގެންދިޔުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.