އަފްޣާނިސްތާނު ސަރުކާރާއި ޠާލިބާން ހަނގުރާމަވެރިންނާ ދެމެދު
ޕާކިސްތާނުގައި ކުރިއަށްގެންދިޔަ ސުލްޙައިގެ ވާހަކަތައް، ޠާލިބާން ޖަމާއަތުގެ ޒައީމް
މުއްލާ މުހައްމަދު އުމަރު މަރުވުމާ ގުޅިގެން މެދުކަނޑާލައިފިއެވެ.
ޕާކިސްތާނުގެ ބެލުމުގެ ދަށުން ކުރިޔަށްދާ މިވާހަކަތައް
މެދުކަނޑާލީ މުއްލާ އުމަރު މަރުވުމާ ގުޅިގެންކަން ޕާކިސްތާނުގެ ޚާރިޖިއްޔާއިންވަނީ
ކަށަވަރުކޮށްދީފައެވެ. ސުލްޙައިގެ ވާހަކަތަކުގެ ބޭނުމަކީ ހަތިޔާރު ބެހެއްޓުމަށް ޠާލިބާނުން އެއްބަސްކުރުވުމާއި، އަފްޣާނިސްތާނުގެ ސިޔާސީކަންކަމުގައި އެޖަމާއަތް ބައިވެރިކޮށްގެން އަފްޣާން ދާޚިލީ
ހަނގުރާމަ ނިމުމަކަށް ގެނެސް ގައުމުގައި ސުލްޙަ ގާއިމްކުރުން ކަމަށް އަފްޣާން
ސަރުކާރުން ބުނެއެވެ.
މުއެްލާ މުހައްމަދު
އުމަރު މަރުވުމާ ގުޅިގެން ޠާލިބާނުންވަނީ އޭނާގެ ނައިބު މުއްލާ އަޚްތަރު
މުހައްމަދު މަންސޫރު އެޖަމާއަތުގެ ޒައީމް ކަމުގެ މަޤާމަށް އައްޔަން ކޮށްފައެވެ.