ޚަބަރު

އިއްޒުއްދީން ފާލަން ރަސްމީކޮށް ރޭ ހުޅުވައިފި


މިނިވަން
ފަންސާހާއި ގުޅުވައިގެން  އަލުން
ހަދާފައިވާ ރަސްމީ ފާލަން ނުވަތަ "އިއްޒުއްދީން ފާލަން" ރޭ
ރަސްމީކޮށް ހުޅުވައިފިއެވެ. 

ފާލަން ރަސްމީކޮށް ހުޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރ
މޫސާ އަލީ ޖަލީލާއި، ހޯމް މިނިސްޓަރ އުމަރު ނަސީރާއި، ޗީފް އޮފް ޑިފެންސް ފޯސް 
އަހްމަދު ޝިޔާމް އަދި ޕޮލިސް ކޮމިޝަނަރ ހުސެން ވަހީދުއެވެ. ފާލަން ހުޅުވީ ހަތަރު
ބަޑީގެ ހަވާއެއް މައްޗަށް ފޮނުވާލުމާއި އެކުއެވެ. 

ފާލަން ހުޅުވުމަށް ފަހު ފަސް
އުޅަނދެއް ވަނީ ފާލަމާއި ގާތްކޮށްފައެވެ. އެންމެ ފުރަތަމަ ފާލަމަށް ފައިބައިވަޑައިގަތީ ކުރީގެ
ރައީސް މައުމޫން އަބްދުލް ގައްޔޫމްއެވެ. އެމަނިކުފާނާ އެކު ކުރީގެ ރައީސް ޑރ.
މުހައްމަދު ވަހީދު ހަސަން މަނިކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ
މަސީހު މުހައްމަދާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި އެހެނިހެން
ސަރުކާރުގެ އިސް ވެރިންނާއި އިއްޒަތްތެރިން ހިމެނި ވަޑައިގަންނަވައެވެ. 

މި ފާލަން
ޑިޒައިން ކުރެވިފައިވަނީ، ރިޔާ ނެގި ނާލު ބައްތެއްޔެއްގެ ސިފަ
ދުރުން ފެންނަ ގޮތަށް.  އެއީ ބައްތެލީގައި ހުންނަ ކުޑަ ރިޔަލާއި
މެދު ރިޔަލާއި ބޮޑު ރިޔާ ފެންނަ ގޮތަށް.  ފާލަމަކީ
އެއް ފަހަރާ ފަސް އުޅަނދަށް ކައިރި ކުރެވޭ ގޮތަށް ހަދާފައިވާ ފާލަމެކެވެ. 

ރޭ
ހުޅުވި ފާލަން ނިސްބަތްވާ އައްސުލްތާން ހަސަން އިއްޒުއްދީން ނުވަތަ ދޮން
ބަންޑާރައިންނަކީ ހޮޅިންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރެއްވުމަށް ފަހު،
ރާއްޖޭގެ ހަތް އަހަރު ވަންދެން ރަސްކަން ކުރެއްވި ރަސްކަލެވެ.