ޚަބަރު

ޑރ.އަބްދުލްކަލާމްގެ ތަޢުޒިޔާގެ ދަފްތަރުގަ ސޮއިކުރެއްވުން


މިދިޔަ
ހޯމަ ދުވަހު އަވަހާރަވި އިންޑިޔާގެ ކުރީގެ ރައީސް، ޑޮކްޓަރ އޭ.ޕީ.ޖޭ.
ޢަބްދުލްކަލާމް، ޢިލްމީ ގޮތުންނާއި، ވަރުގަދަ ސިޔާސީ ޝަޚްޞިއްޔަތެއްގެ ގޮތުން
ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ، ދެކުނު އޭޝިޔާގެ އެތަކެއް ޖީލުތަކަކަށް
ދެމިގެންދާނެ ނަމޫނާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން
ވިދާޅުވެފައިވަނީ، ޑޮކްޓަރ އޭ.ޕީ.ޖޭ. ޢަބްދުލްކަލާމް އަވަހާރަވުމާ ގުޅިގެން،
އިންޑިޔަން ހައިކޮމިޝަނުން ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި މިއަދު
ސޮއިކުރައްވައި ލިޔުއްވި ބަޔާނުގައެވެ. ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި
ބަޔާނުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ‏ދިވެހި ‏‏ސަރުކާރާއި ރައްޔިތުންނާއި
އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ސަރުކާރަށާއި، ރައްޔިތުންނަށްވެސް
ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.



އިންޑިޔަން ހައިކޮމިޝަނުން
ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙުމަދު
އަދީބު ޢަބްދުލްޣަފޫރުވެސް މިއަދު ސޮއިކުރެއްވިއެވެ.