ދީން

ދިވެހި ހައްޖުވެރިންނަށް މައްކާގައި އަޤީޤާ ކަތިލުމުގެ ފުރުސަތު


އަލަށް
އުފަންވާ ކުދިންގެ ނަމުގައި "އަޤީގާ" ކަތިލުމަށް އެދޭ ފަރާތްތަކަށް
ފަސޭހައިން އެކަން ކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި މި އަހަރުގެ ހައްޖު
ދުވަސްވަރު ސައުދީ އަރަބިއްޔާގައި އަޤީގާ ކަތިލުމުގެ އިންތިޒާމް ހައްޖު ކޯރޕަރޭޝަނުން
ހަމަޖައްސައިފިއެވެ.



ހައްޖު
ކޯރޕަރޭޝަނުން ބުނީ އަޤީގާ ކަތިލަން ބޭނުންވާ ފަރާތްތަކަށް އަންނަ އޯގަސްޓް މަހުގެ
ހަތާވީހުގެ ކުރިން ފައިސާ ދައްކަންޖެހޭނެކަމަށެވެ. އެގޮތުން އަންހެން ކުއްޖަކަށް
އަޤީޤާ ކަތިލުމަށް 2313 ރުފިޔާ އަދި ފިރިހެންކުއްޖަކަށް
4624 ރުފިޔާ ދައްކަންޖެހޭނެކަމަށެވެ.



މިއަހަރުގެ ރޯދަމަހުވެސް
މައްކާގައި އަޤީޤާ ކަތިލަން ބޭނުންވާ ފަރާތްތަކަށް ހައްޖު ކޯރޕަރޭޝަނުން ވަނީ އެ
ފުރުސަތު ދީފައެވެ. އެގޮތުން އަޤީޤާގެ ގޮތުގައި ރޯދަމަހު 173 ބަކަރި
ކަތިލާފައިވާކަމަށް އެ ކޯރޕަރޭޝަނުން ބުނެއެވެ.



އަޤީޤާ ކަތިލަނީ އަލަށް އުފަންވާ ކޮންމެ ކުއްޖެއް އުފަންވި ދުވަހުން ފެށިގެން
7 ވަނަ ދުވަހު ނުވަތަ 14 ވަނަ ދުވަހު ނުވަތަ 21 ވަނަ ދުވަހު ނުވަތަ
ކުއްޖާ ބާލިޣު ވުމުގެ ކުރިންނެވެ.