ކުޅިވަރު

އަންނަ މަހު އާ ބައިބަލާ މުބާރާތެއް ބާއްވަން ނިންމައިފި


މިނިވަން ފަންސާސް ބައިބަލާ މުބާރާތުގެ ނަމުގައި މުޅިން އާ ބައިބަލާ މުބާރާތެއް އަންނަ މަހު ބާއްވަން ނިންމައިފިއެވެ. އަންނަމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރުވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.ބައިބަލާ އެސޯސިއޭޝަނުން މައުލޫމާތުދިން ގޮތުގައި މި ބައިބަލާ މުބާރާތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަދި ނައިބްރައީސް އަހުމަދު އަދީބްގެ އިސްނެންގުވުމުގެ މަތިން ބާއްވަން ނިންމާފައިވާ މުބާރާތެކެވެ. އަލަށް މި ބާއްވާ ބައިބަލާ މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާކަމަށް ބައިބަލާ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. އަދި މިސްޓަރ ބައިބަލާއާއި އެހެނިހެން މަގާމްތައްވެސް ހޮވުމަށް ހަމަޖެހިފައިވެއެވެ.އަލަށް މި ފަށާ މިނިވަން ފަންސާސް ބައިބަލާ މުބާރާތް ފެށުމުގެ ކުރިން މިހާރު ބޭނުން ކުރާ ބައިބަލާގެ ގަވާއިދަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށާއި، އާ ގަވާއިދުތައް ވަރަށް އަވަހަށް ހާމަކުރާނެކަމަށް ބައިބަލާ އެސޯސިއޭޝަނުން ހާމަކުރެއެވެ.