ޚަބަރު

އަލިހުރަސް ކަނޑުތެރެއިން ބާޖެއް އޮޔާދަނީ


އަލިހުރަސް ކަނޑުތެރެއިން ބާޖެއް އޮޔާދާތީ އެ ސަރައްޙައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރައްވައިފިއެވެ.

ކޯސްޓްގާޑުން ވިދާޅުވީ މި ބާޖު، ކ.ގިރާވަރުގެ ދެކުނު ކަނޑުއޮޅިން ނުކުމެ އޮޔަށް ގެންދަނީ ހުޅަނގު ދެކުނަށްކަމަށެވެ. އަދި މި ބާޖުގައި އެއްވެސް މީހަކު ނެތް އިރު އަލިކަމެއް ވެސް ނުހުންނާނެކަމަށް ބާޖުގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށް ކޯސްޓްގާޑުން ވިދާޅުވެއެވެ. މި އުޅަނދަކީ ދިގުމިނުގައި ގާތްގަނޑަކަށް 100 ފޫޓު ހުރި ދަގަނޑު ބާޖެކެވެ.

ކޯސްޓްގާޑުން ވަނީ އެސަރަޙައްދުން ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން އެ ސަރަޙައްދުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކޮށްފައެވެ.