ޚަބަރު

ކޯވިޑް-19 : މިއަދު މަނާވަގުތު 215 މީހަކު ބޭރަށް ނުކުތް


ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެން ބޭރަށް ނުކުތުން މަނާކޮށްފައިވާ ވަގުތުތަކުގައި މިއަދު ބޭރަށްނުކުތް މީހުންގެ ޢަދަދު އެހެންދުވަސްތަކާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ.

މިގޮތުން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަދު ފުރަތަމަ ފަހަރށް 215 މީހަކަށް ވަނީ ނަސޭހަތް ދީފައެވެ. މީގެ ތެރޭގައި 177 ދިވެހިންނާއި 38 ބިދޭސީންނަށްވަނީ ނަސޭހަތް ދީފައެވެ.

ވިފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން 6 މީހަކަށް މިއަދުވަނީ ދެވަނަ ފަހަރަށް ނަސޭހަތް ދީފައެވެ. މިހާތަނަށް މިގަޑިތަކުގައި ނުކުތް 2 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. ކާފިއު ވަގުތުގައި ބޭރުތެރޭގައިއުޅޭ މީހުން ޖޫރިމަނާއާ ހަމައަށްދަނީ ދެފަހަރަށް ނަސޭހަތްދީ، އަދި އިންޒާރަށް ފަހު ފުލުހުންގެ ރެކޯޑަށް ބަލާފައެވެ.

މަނާވަގުތު ބޭރަށް ނުކުމެއުޅެގެން ފިޔަވަޅު އަޅާފައިވާގޮތް

  • 2 އޭޕްރީލް 2020ގައި 95 މީހަކަށް ނަސޭޙަތްދިން
  • 3 އޭޕްރީލް 2020ގައި 151 މީހަކަށް ނަސޭޙަތްދިން
  • 4 އޭޕްރީލް 2020ގައި 141 މީހަކަށް ނަސޭޙަތްދިން
  • 5 އޭޕްރީލް 2020ގައި 139 މީހަކަށް ނަސޭޙަތްދިން
  • 6 އޭޕްރީލް 2020ގައި 183 މީހަކަށް ނަސޭޙަތްދިން
  • 7 އޭޕްރީލް 2020ގައި 182 މީހަކަށް ނަސޭޙަތްދިން
  • 8 އޭޕްރީލް 2020ގައި 215 މީހަކަށް ނަސޭޙަތްދިން

މިމަހުގެ 2ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެވެސް ހަވީރު 17:00އިން ރޭގަނޑު 20:00އާ ހަމައަށް މާލެ، ވިލިމާލެ، ހުޅުމާލޭގައި މީހުން ނިކުމެ އުޅުމަކީ މަނާކަމެއްގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ.

މާލެ ސަރަހައްދުގައި މީހުންނަށް ނުކުމެއުޅުން މަނާކޮށްފައިވަނީ ކޯވިޑް-19އިން ރައްކާތެރިވުމަށާއި، ރައްޔިތުންގެ ޞިއްޙީ ސަލާމަތްތެރިކަން ކަށަވަރުކުރުމަށެވެ. މިނިންމެވުން ނިންމަވާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގެންފައިވާ ބާރުގެދަށުން މިމަހުގެ 1 ދުވަހުއެވެ.