ވިޔަފާރި

މިނިވަން 50އަށް ނެރުނު ހަނދާނީ ނޫޓު އާންމުކޮށް ވިއްކަން ފަށައިފި


ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރުފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރުނު ހަނދާނީ ނޫޓް، އެއޮތީރިޓީން މިއަދު  އާންމުކޮށް ވިއްކަން ފަށައިފިއެވެ.މިނިވަން ފަންސާސް  ހަނދާނީ ނޫޓް އާންމުމުކޮށް ވިއްކަން ފެށުމަށް އެމް.އެމް.އޭގައި ބޭއްވި ރަސްމިއްޔާތުގައިއެ ނޫޓޫ ވިއްކަން ހަމަޖިހެފައިވާ ކައުންޓަރު ހުޅުވައްދެއްވީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަދި އެމް.އެމް.އޭގެ ކުރީގެ ގަވަރަނަރުކަންވެސް ކުރައްވާފައިވާ އަބްދުﷲ ޖިހާދެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޖިހާދު ވިދާޅުވީ ގައުމީ ކަންކަމުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް ހިތްވަރުދެއްވާކަމަށާއި، އަންނަ 2018 ގައި ދިވެހި ޖުމުހޫރިއްޔަތަށް 50 އަހަރު ފުރޭ އިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޒުވާނުންގެ ހުނަރު ދައްކުވައިދޭ ގައުމީކަންކަން ކުރިއަށްގެންދެވުން މުހިންމުކަމަށެވެ."ސަރުކާރުގެ އެދުމަކީ ކުރިއަށްއޮތްތަނުގައިވެސް ދިވވެހި ޒުވާނުން ގައުމީ ކަންކަމުގައި ބައިވެރިވުން. އެންމެންވެސް ގަބޫލުކުރާކަމެއް އަންނަ 2018 ވަނަ އަހަރު ދިވެހި ޖުމުހޫރަށް 50 އަހަރު ފުރޭކަން. ފަހަރެއްގައި ޗާޕް ނޫޓު ނުނެރުނު ކަމުގައިވިޔަސް އަޅުގަނޑު ބޭނުންވޭ ދިވެހި ޒުވާނުންގެ ފަރާތުން މިފަދަ ކަންކަން އެއްބާރުލުނ ލިބުން" އެމް.އެމް.އޭގެ މަސައްކަތްތައްވެސް ފާހަގަކުރައްވަމުން ޖިހާދު ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ވަހަކަފުޅުދައްކަވަމުން އެމް.އެމް.އޭގެ ގަވަރނަރ އަޒީމާ އާދަމް ވިދާޅުވީ، މިނިވަން ފަންސާހަށް ނެރުނު ނަމޫނާ ނޫޓަކީ، ލީގަލްޓެންޑަރ އަކަށް ވީނަމަވެސް ވިޔަފާރީގެ ކަންކަމުގައި ބޭނުން ކުރާ ނޫޓެއް ނޫންކަމަށާއި ނޫޓު ބޭނުން ކުރެވޭނީ ކަލެކްޓާސް އައިޓަމެއްގެ ގޮތުގައި ހަނދާނަކަށް ބޭއްވުމަށްކަމަށް."މީ އަޅުގަނޑުމެން މިނިވަން ފަންސާސް ފާހަގަކުރުމުގެ ގޮތުން ނެރުނު ހަނދާނީ ނޫޓެއް. ހަނދާނީ ނޫޓުގެ ބޭނުނަމީ މީހުންނަށް ފަހަށް ރައްކާކޮށް ހަނދާނަކަށް ބޭއްވުން. އެއީ އެއްގޮތަކަށްވެސް މުދަލާއި ޚިދުމަތްތައް ގަންނަން ބޭނުންކުރެވޭނެ ނޫޓެއް ނޫން" ގަވަރނަރ އަޒީމާ ވިދާޅުވިއެވެ.ގަވަރަނަރ ވިދާޅުވީ ބޭނުންވެއްޖެ ހާލަތެއްގައި މި ނޫޓް ބައްލަވައިގެންފައިވާ ކޮންމެ ފަރާތަކަށްވެސް ހަނދާނީ ނޫޓުގެ މޫނުމަތީ އަގަށް އެމް.އެމް.އޭއިން އެނޫޓް ބަދަލުކޮށްދެއްވާނެކަމަށެވެ.ފަންސާސް އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ތަރައްގީ ދައްކުވައިދޭގޮތަށް ހުނަރުވެރި ދިވެހި ފަންނާނެއްކަމައްވާ އަބްދުﷲ ނަޝާތު ފަރުމާކޮށްފައިވާ، މި ނަމޫނާ ނޫޓުގެ މޫނުމަތީ އަގަކީ، 5000 ރުފިޔާ. ޚާއްސަ ޕެކޭޖިންގއެއްގައި މިނޫޓް އާންމުކޮށް ވިއްކުމައް ހަމަޖެހިފައިވަނީ، 7500  ރުފިޔާއަށް.ހަނދާނީ ނޫޓް ވިއްކަން ފެށުމާއެކު އެނޫޓް އެންމެ ފުރަތަމަ ބައްލަވައިގެންފައިވަނީ ދައުލަތަށް އަގުހުރި ގިނަ ޚިދުމަތް ކުރައްވާފައިވާ މޫމިނާ ހަލީމެވެ.އެމް.އެމް.އޭގެ ގްރައުންޑް ފްލޯގައި ހަދާފައިވާ ކައުޓަރުން މިއަދުން ފެށިގެން ހަނދާނީ ނޫޓު ވިއްކަން ފަށާފައިވާއިރު، އިބްރާހިމް ނާސިރު އިންޓަރނޭޝަންލް އެއަރޕޯޓްގެ ޑިއުޓީފްރީންވެސް ނޫޓު ލިބެންއެބަހުއްޓެވެ. ފަތުރުވެރިނަށް އަމާޒްކޮށް ބައެއް ރިޒޯޓްތަކުގައި ހަނދާނީ ނޫޓްތައް ވިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މަރުކަޒީ ބޭންކުން މަޢުލޫމާތުދެއްވައެވެ.ހަނދާނީ ނޫޓްގެ ޖުމްލަ 3000 ނޫޓް ވިއްކުމަށް ހަމަޖެހިފައިވާއިރު، އަންނަ އޮގަސްޓް  މަހުގެ 5 ވަނަ ދުވަހު ބާއްވާ ހަފްލާއެއްގައި މިނިވަން 50 ގެ ހަނދާނީ ނޫޓްގެ ޚާއްސަ ސީރިއަލް ނަންބަރުތަކުގެ ނޫޓްތަށް ނީލަން ކިއުމަށް އެމް.އެމް.އޭއިން ވަނީ ނިނަމާފައެވެ.