ކުޅިވަރު

54 ރަށެއްގެ ޗޭންޖިންގ ރޫމް ހަދަން ބޭނުންވާ ސާމާނު ދެނީ


މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގައި ވާދަކުރާ
ރަށްތަކުގެ ދަނޑުގެ ޗޭންޖިންގރޫމް ހަދައިދޭން އެފްއޭއެމްއިން ނިންމައިފިއެވެ. މުބާރާތުގައި ވާދަކުރާ ހަތްދިހަ އަށް ރަށުގެ ތެރެއިން ފަންސާސް ހަތަރު ރަށެއްގައި
ޗޭންޖިންގ ރޫމް ނެތުމުން އެކަމަށް ބޭނުންވާ ސާމާނު އެފްއޭއެމްއިން ފޯރުކޮށްދޭން
ވަނީ ނިންމާފައެވެ. ނަމަވެސް ޕާޓްނަރުންގެ އެހީތެރިކަމާއެކު އެފްއޭއެމްއިން ދެނީ
ހަތްދިހަފަސްހާސް ރުފިޔާގެ ވައުޗަރއެކެވެ. އެވައުޗަރއަށް އެސްޓީއޯއިން ލިބެން ހުރި
އެއްޗިހި ހޯދޭނެކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ.

 މުބާރާތުގައި ހަތްދިހަ
އަށް ރަށުން ވާދަކުރި ނަމަވެސް ހޯމް އެންޑް އަވޭ އުޞޫލުން މެޗުތައް ކުޅޭނީ
ހަތްދިހަ ހަތަރު ރަށެއްގައެވެ. އެއީ ފަސް ރަށަކުން ހޯމް ދަނޑުގެ ގޮތުގައި އެހެން
ރަށެއްގެ ދަނޑު ބޭނުންކުރަން ނިންމާފައިވާތީކަމަށް މުބާރާތުގެ ކަންކަން
ބެއްލެވުމަށް އިސްކޮށް ކަނޑައަޅުއްވާފައިވާ މުޙައްމަދު އާދަމް ވިދާޅުވިއެވެ. ހޯމް
ދަނޑުގެ ގޮތުގައި އެހެން ރަށްރަށުގެ ދަނޑުތައް ކަނޑައަޅާފައިވާ ރަށްތަކަކީ ހއ.ވަށަފަރު،
އދ.ކުނބުރުދޫ، މ.ދިއްގަރު، މ.ވޭވަށް، މ.ނާލާފުށި، އަދި ސ.މަރަދޫފޭދުއެވެ.

މުބާރާތް ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ. ނިމޭނީ އަންނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ.