ޚަބަރު

ދެ ބިދޭސީއަކު ހިންގި މާރާމާރީއެއްގައި އެކަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި


ދެ ބިދޭސީއަކު ހިންގި މާރާމާރީއެއްގައި އެކަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ރޭ ބޮޑުފުންގަނޑު މަގުގައި ބަންގްލަދޭޝަށް ނިސްބަތްވާ ދެފިރިހެނެއްގެ ދެމެދެ އުފެދުނު މައްސަލައަކާއި ގުޅިގެން އޭގެތެރެއިން އެކެއްގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށެވެ.

މި ހާދިސާގައި އަނިޔާވީ 40 އަހަރުގެ ބަންގްލަދޭޝްގެ މީހަކަށްކަމަށާއި އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަނަމަވެސް އޭނާގެ ހާލު ސީރިއަސްނޫންކަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ.

މިމައްސަލައާ ގުޅިގެން 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް އެމައްސަލަ ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.