ސެއިލިންގ

ސެއިލިންގ ޓީމް ގޭމްސްއަށް ދަނީ ރަން މެޑެއްޔަށް


މުޅިން އަލަށް އިންޑިއަން އޯޝަން އައިލެންޑްސްގައި
ވާދަކުރާ ސެއިލިންގ ޓީމުންވެސް ރަން މެޑެއްޔަށް ޓާގެޓްކޮށްފިއެވެ. އެންމެ ފަހުގެ
ޗެމްޕިއަން ޝީޝެލްސްގައި ތަމްރީންތައް ފުރިހަމަކުރުމަށްފަހު، މާލެއައިސް
ގޭމްސްއަށް ފުރަން ތައްޔާރުވެފައިވާ ސެއިލިންގ ޓީމްގެ ކޯޗު ހުސެއިން އާމިރު ބުނީ
ރަނގަޅު ކާމިޔާބީއަކަށް އުއްމީދުކުރާކަމަށާއި، އަމާޒަކީ ގޯލްޑެއް މެޑަލްކަމަށެވެ. 

" އުއްމީދަކީ ރަނގަޅު ކާމިޔާބީއެއް ހޯދުން. ގޯލްޑްއަކަށް އުއްމީދުކުރަނީ. " ކޯޗު ބުންޏެވެ. 

އޭނާ ބުނީ ޓީމް ވަނީ ރަނގަޅަށް ތައްޔާރުވެފައިކަމަށާއި ވަރަށް ފިޓްކަމަށެވެ. މިފަދަ
ގޭމްސްއަކަށް ތައްޔާރުވާއިރު އެންމެ ބޮޑު ދައްޗަކީ އެކަމަށް ބޭނުންވާ ސާމާނު
ނެތުމާއި، ސާމާނުގެ އަގު ބޮޑުވުންކަމަށް އޭނާ ބުންޏެވެ. އަދި ޕްރެކްޓިސް ކުރާނެ ތަނެއް
ނެތުމުން އެކަން ކުރަމުން އައީ ބައެއް ރިސޯރޓްތަކުގައިކަމަށް ސެއިލިންގ ޓީމްގެ
ކޯޗު ބުންޏެވެ. މިޓީމްގައި ހިމެނެނީ ފިރިހެން ހަތަރު ސެއިލަރުންނާއި އަންހެން ދެ
ސެއިލަރުންނެވެ.