ވިޔަފާރި

ކޯވިޑް-19 : ލަންކާއިން ދިވެހިން ގެންނަ ފްލައިޓުގެ ހުރިހާ ޖާގައެއް 4 ގަޑި އިރުގެތެރޭ ފުލް


ސްރީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން މޯލްޑިވިއަންގެ ފްލައިޓުގައި އަންނަން ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމަށް ހުޅުވާލި ފުރުޞަތުގައި، 4 ގަޑިއިރުގެ ތެރޭގައި ހުރިހާ ޖާގައަކަށް ވާވަރަށް ޓިކެޓުތައް ބުކް ކޮށްފިއެވެ.

މޯލްޑިވިއަނުން ސްރީލަންކާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެގޮތުން މާދަމާ 2 ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 50 ގޮނޑީގެ މަތިންދާ ބޯޓެވެ.

މޯލްޑިވިއަނުން ބުނީ މާދަމާ ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ ހުރިހާ ޓިކެޓެއް ބުކްކޮށް ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތްތާގައިވެސް މިފަދަ އިތުރު ދަތުރުތަކުގެ މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށެވެ.

މޯލްޑިވިއަނުންވަނީ ސްރީލަންކާގެ އިތުރުން އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތައްވެސް މޯލްޑިވިއަނުން ޚާއްސަ ދަތުރުތަކެއް ކުރުމަށް ނިންމާފައެވެ. އިންޑިއާގެ ކޮޗިންއަށް ދަތުރުކުރުމަށް ބޭނުންކުރާނީ 200 ގޮޑީގެ މަތިންދާ ބޯޓެއް ކަމަށްވެސް އެއަރލައިނުން ހާމަކުރެއެވެ.