ދުނިޔެ

ޢަބްދުލް ކަލާމްގެ ހަށިކޮޅު ވެރިރަށް ނިއުދިއްލީއަށް ގެންގޮސްފި


އަވަހާރަވެފައިވާ އިންޑިޔާގެ ކުރީގެ ރައީސް އޭ.ޕީ.ޖޭ. ޢަބްދުލް ކަލާމްގެ ހަށިކޮޅު ވެރިރަށް ނިއުދިއްލީއަށް ގެންގޮސްފިއެވެ.ކަލާމް އަވަހާރަވީ އިއްޔެގެ ވަގުތެއްގައި އިންޑިޔާގެ އިރު-އުތުރުގައިވާ ރަށެއްކަމަށްވާ ޝިލޯންގގައި ހުންނަވަނިކޮށެވެ. އޭނާގެ ހަށިކޮޅު ނިއުދިއްލީއަށް ގެންގޮސްފައިވަނީ އިންޑިޔާގެ އަސްކަރިއްޔާގެ ޚާއްޞަ މަތިންދާބޯޓެއްގައެވެ.ނިއުދިއްލީއަށް އޭނާގެ ހަށިކޮޅު ގެންދިޔުމާއިއެކު، އިންޑިޔާގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންވަނީ ކަލާމަށް އިޙްތިރާމް އަދާކުރައްވާފައެވެ. މީގެ ތެރޭގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރައީސް ޕްރަނާބް މުކަރްޖީއާއި، އެހެނިހެން އިސް ބޭފުޅުން ހިމެނިވަޑަގަންނަވައެވެ.ޢަބްދުލް ކަލާމްގެ ހަށިކޮޅު މިހާރުވަނީ ދިއްލީ ހުންނަ އޭނާގެ ގެކޮޅަށް ގެންގޮސްފައެވެ. ޢަބްދުލް ކަލާމްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައި ޓެމިލް ނާޑޫ ސްޓޭޓްގެ ރަށެއްކަމަށްވާ ރަމޭޝްވަރަމްގައެވެ.