އައިޖީއެމްއެޗުން
އަންނަ ނޮވެމްބަރ މަހުގެތެރޭގައި އެމްއާރުއައި ސްކޭން ކުރުމުުގެ ޚިދުމަތް ދެވެން ފެށޭނެ
ކަމަށް އައިޖީއެމްއެޗްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދް ރިޝްވާން
ވިދާޅުވެއްޖެެއެވެ.
ރިޝްވާން ވިދާޅުވީ
ދިވެހި ސަރުކާރުގެ ފަރާތުން ހަރަދުކޮށްގެން ގެންނަ މި އެމްއާރުއައި މެޝިން
ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކުރީގެ ޑައިލިސިސް ޔުނިޓްގައި ކަމަށާއި
އެމްއާރުއައި މެޝިން ގެނައުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައްވުމުގެ މަސައްކަތް
އަންނަ މަހުގެ އެއްވަނަ ދުވަހު ފަށާނެ ކަމަށެވެ.
އެމްއާރުއައި
މެޝިން އޮކްޓޫބަރުމަހުގެތެރޭ ރާއްޖެއަންނާނެ ކަމަށްވެސް ރިޝްވާން ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިއާ ސަރުކާރުންވެސް ރާއްޖެއަށް އެމްއާރުއައި މެޝިނެއް ހަދިޔާ
ކުރުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއާ ސަރުކާރުން ދެއްވާ މެޝިން ބަހައްޓާނެ ތަނެއް
ކަނޑައެޅުމުގެ މަސައްކަތް ރާއްޖޭގެ ހެލްތް މިނިސްޓްރީގެ ފަރާތުން ދަނީ
ކުރައްވަމުންނެވެ.
ރާއްޖޭގައި މި
ވަގުތު އެމްއާރުއައިގެ ހިދުމަތް ދެނީ އޭޑީކޭ ހޮސްޕިޓަލުން އެކަންޏެވެ.