ޚަބަރު

މިއަދު 6:00 - 8:30 އަށް ހިނގާފައި އުޅޭގޮތަށް ހަމަޖައްސައިފި


މިނިވަން ފަންސާހުގެ ކުޅިވަރު ހަރަކާތްތަކުގައި ގިނަ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން މިއަދު ހަވީރު 6 ކުން ރޭގަނޑު 2030އަށް މާލޭގެ މަގުތަކުގައި އިންޖީނުލީ އުޅަނދު ނުދުއްވޭގޮތަށް ޓްރާންސްޕޯޓް އޮތޯޓީން ހަމަޖައްސަވައިފިއެވެ.މިއަދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދޫކުރުން ހެނދުނު 10ކުން 12އަށް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މެންދުރު 2ކުން ހަވީރު3 ކަށްވެސް އެފުރުސަތު ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހުޅުވާލާފައެވެ. މިނިވަން 50 އާ ގުޅިގެން މީގެކުރިންވެސް 2 ދުވަހު ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އިންޖީނުލީ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅާފައެވެ. ނާފިޒް ވިދާޅުވީ އިންޖީނުލީ އުޅަނދު ދުއްވުން މަނާ ކުރި ނަމަވެސް ކޮންމެ ޓެކްސީ ސެންޓަރަކަށް، 2 ޓެކްސީ ދުއްވުމަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.ދުއްވުން މަނާގަޑީގައި ހުއްދަ ނެތި ދުއްވާނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.