ރ، މަޑުއްވަރީ ކައުންސިލުން ދޫކޮށްފައިވާ ބިންތަކަށް ދައްކަންޖެހޭ ކުލި ދެމަސް ދުވަހަށް މާފްކޮށްދީފިއެވެ.
މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިއީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ވައިރަސްގެ ސަބަބުން އިޤްތިސާދީގޮތުން އާއްމުންނަށް ވަމުންދާ ގެއްލުންތަކާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން މަޑުއްވަރީ ކައުންސިލުން ދޫކޮށްފައިވާ ކުލީ ބިންތަކަށް ދައްކަންޖެހޭ ކުލީގެ ތެރެއިން މި އަހަރުގެ އޭޕްރިލް މަހާއި މެއި މަހުގެ ބިމުކުލި މަޢާފްކުރުމަށް ނިންމާފައިވާ ކަމަށް އެކައުންސިލުން ހާމަކުރެއެވެ.
މި ދިން ލުޔާއެކު މަޑުއްވަރީގެ ރައްޔިތުންނަށް ލުޔެއް ލިބިގެންދާނެ ކަމަށް މަޑުއްވަރީ ކައުންސިލުން ދެކެއެވެ.