ޚަބަރު

ކޯވިޑް-19 : ވިޔަފާރިތަކަށާއި ޑެލިވަރީގެ ޚިދުމަތް ދޭ ފަރާތްތަކަށް ޚާއްސަ ސްޓިކާއެއް ދޫކުރަނީ


ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރި ކަމަށްޓަކާ އަޅާ ފިޔަވަޅެއްގެ ގޮތުން މިއަދު ހަވީރު ފަހަކުން އަށަކަށް މާލެއާއި ވިލިމާލެއާއި، ހުޅުމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވަނީ އަންގަވާފައެވެ.

އެހެންކަމުން މިވަގުތު ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކާއި ކާބޯތަކެތި ޑެލިވަރ ކޮށްދޭ ފަރާތްތަކަށްވެސް ހަރަކާތްތެރިވެވޭނީ މިކަމަށް ދޫކުރާ ޚާއްސަ ސްޓިކާއެއް ބޭނުންކޮށްގެން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިފަރާތްތަކަށް މިހާރު ސްޓިކާ ދޫކުރަމުންދާ ކަމަށެވެ.

  • ސްޓިކާ ދޫކުރަމުން ގެންދާނީ:-
  • މާލެ ޓޯ ޔާޑް : 9790121
  • ވިލިމާލެ ޕޮލިސް ސްޓޭޝަން : 9790083
  • ހުޅުމާލެ ޕޮލިސް ސްޓޭޝަން : 4000007


ކޯވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ގެންދަވަނީ ފިޔަވަޅުތައް އަޅަމުންނެވެ.
އެގޮތުން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، މިރެއިން ފެށިގެން ކޮންމެރެއަކު ރޭގަނޑު 11 އިން ހެނދުނު 6 އަށް ފިހާރަތަކުން ދޭ ޚިދުމަތްތަކާއި ޓޭކްއަވޭގެ ޚިދުމަތާއި ޢިމާރާތްކުރުމުގެ މަސައްކަތް ކުރުން ހުއްޓާލުމަށް އެޗްޕީއޭއިންވަނީ އަންގާފައެވެ.