ޚަބަރު

ގަލޮޅު ގެއެއް މޮނިޓަރިންއަށް ލީ، ސައްޙަނޫން މަޢުލޫމާތަކާ ގުޅިގެން - އެޗްޕީއޭ


ކޯވިޑް-19 އާ ގުޅިގެންކަމަށްބުނެ ގަލޮޅު ގެއެއް މޮނިޓަރިންގެ ޙާލަތަށް ލެވުނީ ލިބުނު ސައްޙަ ނޫން މަޢުލުމާތުތަކާ ގުޅިގެންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

މާލޭގެ ގެއެއްގައިހުރި މީހެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން އެގެއަށް ވަދެ ނިކުތުން މަނާކޮށްފައިވަނީ ލިބުނު ގޯސް މަޢުލޫމާތުގެ ސަބަބުން ކަމަށާ، މިފދަ ދަނޑިވަޅެއްގައި ތެދު ނޫން މަޢުލޫމާތުތައް ނުފެތުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި އޮޅިގެން މޮނީޓަރިންއަށް ލެވުނު ގެ މިހާރު މޮނިޓަރިންގެ ހާލަތުން ނަގާފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.