ވިޔަފާރި

އުރީދޫ ކަސްޓަމަރުންނަށް ބޯނަސް


މިނިވަން ފަންސާސް ފާހަގަ ކުރުމުގެ ގޮތުން އުރީދޫގެ ކަސްޓަމަރުންނަށް ފަންސާސް އިންސައްތަ ބޯނަސް ކްރެޑިޓް އަދި ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.އުރީދޫން މައުލޫމާތުދޭގޮތުގައި މިނިވަން ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް މައި އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖް ކުރެއްވުމުން ނުވަތަ ފަންސާސް އެމްބީ އަށް ވުރެ ބޮޑު ކޮންމެ އުރީދޫ ޑޭޓާ ޕެކްއެއްވެސް ނެންގެވުމުން، ޚިޔާރުކުރެއްވި ޚިދުމަތެއްގެ ފަންސާސް އިންސައްތަ ބޯނަސްއެއް ލިބިގެންދާނެ ކަމަށެވެ.ގޫގްލް ޕްލޭ އަދި އެޕަލް އެޕްސްޓޯރ މެދުވެރިކޮށް މުޅިން ހިލޭ ޑައުންލޯޑް ކުރެވޭ މައި އުރީދޫ އެޕް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ގަޑިއެއްގައި އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ރީޗާޖްކުރުމާއި، ޑޭޓާ ޕެކް އެކްޓިވޭޓްކޮށް، އެވަގުތު ބޭނުންކުރެވިފައިވާ ޚިދުމަތްތަކުގެ ތަފްސީލު ބައްލަވައި، ބިލް ދައްކަވައި، ރީތި ޓިއުންސް ފަދަ ޚިދުމަތްތައް އެކްޓިވޭޓްކޮށް، އުރީދޫއިން ކުރިއަށް ގެންދާ ޚާއްސަ ޕްރޮމޯޝަންތަކުގެ އެންމެ ފަހުގެ މައުލޫމާތު ލިބިގެންދާނެ ކަމަށްވެސް އުރީދޫން ބުނޭ.