ޚަބަރު

ސަފާރީއަކުން 2 މީހަކު ކުނަހަންދުއަށް ފޭބި މައްސަލައެއް ބަލަނީ


އެޗްޕީއޭގެ އެންގުމާ ޚިލާފަށް ސަފާރީއަކުން ލ.ކުނަހަންދޫއަށް މީހަކު ފޭބި މައްސަަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މިމައްސަަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 39އަހަރުގެ ފިރިހެނަކާއި، 37 އަހަރުގެ ފިރިހެނެކެވެ. މިދެމީހުންނަކީވެސް ދިވެހިންނެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 2 މީހުންގެ މައްސަލަ ތަޙްޤީގުކުރަމުންދާއިރު، އެދެ މީހުން މިވަގުތު ތިބީ ލ.ގަމުގައެވެ. ލ.ގަމު ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުން ބަންދުގައި ބައިތިއްބުމަށް ފަސް ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

ޢާއްމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާގުޅިގެން ރިސޯޓްތަކާއި، ސަފާރީތަކުން، މީހުން، މީހުން ދިރިއުޅޭ ރަށްތަކަށް މީހުން ފޭބުން ވަނީ މަނާކޮށްފައެވެ. މި އެންގުމާއި ޚިލާފައިވާ ފަރާތްތަކާއި މެދު ދަނީ ފިޔަވަޅުއަޅަންމުންނެވެ. މީގެކުރިންވެސް ރިސޯޓުގައި ތިބި ބަޔަކު މީހުން ދިރިއުޅޭ ރަށަސް އެރި މައްސަލަތަކެއް ފުލުހުންވަނީ ތަޙްޤީގުކޮށްފައެވެ.