މުނިފޫހިފިލުވުން

ސަނަމްގެ ޝޯއާއިއެކު ނައިބު ރައީސްއަށް ބޮޑު ތަރުޙީބެއް


ވިޒިޓް މޯލްޑިވްސް އިޔަރ މިއުޒިކް ފެސްޓިވަލްގެ
އިންޑެޕެންޑެންސް ޑޭ އެޑިޝަންގެ ނަމުގައި ބޭއްވި މިއުޒިކް ޝޯއަކީ ނައިބު ރައީސް
އަހުމަދު އަދީބުގެ އިސްނެންގެވުމުގެ މަތިން ބޭއްވި ޝޯއެކެވެ. މި ޝޯއަށް ހާއްސަކޮށް
އިންޑިޔާގެ ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ބޭންޑް ސަނަމް ބޭންޑާ
ގިނަބައެއްގެ ލޯބި ލިބިފައިވާ ތަރި ބިޕާޝާ ބާސޫގެ އިތުރުން ހިންދީ ޑްރާމާ
ސީރީޒްތަކުން މަޝްހޫރުކަން ހޯދާފައިވާ ތަރި ކަރަން ސިންހް ގްރޯވާއަށް ނައިބު
ރައީސްވަނީ ދައުވަތު އަރުވާފައިއެވެ. މި ޝޯއަށް ނައިބް ރައީސް
ވަޑައިގެންނެވުމާއިއެކު ގިނަ ޒުވާނުންތަކެއްވަނީ ނައިބު ރައީސްއަށް މަރުހަބާ
ކިޔާފައިއެވެ.  މިޝޯގައި ރާއްޖޭގެ މަޝްހޫރު ބައެއް މުއުޒިކް ބޭންޑްތަކުން
ވަނީ ލަވަހުށަޅައިދީފައެވެ. މި ބޭންޑްތަކާއި އެކީ މިހާރު ރާއްޖޭގެ ގިނަ ބައެއްގެ
މަގްބޫލްކަން ހޯދާފައިވާ ބޮޑު ބެރު ގްރޫޕެއްކަމުގައިވާ ހަރުބީން ވަނީ ރޭގެ ޝޯގައި
ހާއްސަލަވަތަކެއް އާންމުންނާ ހަޔަމަށް ގެނެސްދީފައިވެއެވެ. މި ޝޯގައި ބޮލީވުޑްގެ
މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫއާއި ކަރަން ސިންހް ވަނީ ރާއްޖޭގައި ތިބި އެ
ދަތަރިންގެ ފޭނުންނާ ބައްދަލުކޮށް ރާއްޖޭގެ ފޭނުން ދެއްވާ ސަރޕޯޓަށް ޝުކުރު
އަދާކޮށްފައިއެވެ. މި ޝޯ ބެލުމަށް ރާޅުގަނޑު ސަރަހައްދަށް ގިނަބަޔަކު
ދިޔައިރު ޝޯގައި އެންމެ ބޮޑު ތަރުހީބެއް ލިބިގެންދިޔައީ ސަނަމް ޕޫރީގެ ބޭންޑްކަމުގައިވާ
ސަނަމް ބޭންޑަށެވެ. ސަނަމް ބޭންޑުންވަނީ އާންމުން ބޭނުންވާ ގިނަ ލަވަތަކެއް ރޭގެ
ޝޯގައި ހުށަހަޅައިދީފައިއެވެ. މި ބޭންޑާއެކު ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިއާ މީރާ
ވަނީ މި ޝޯގައި ލަވަ ހުށަހަޅައިދީފައިއެވެ. މި ޝޯއަށް ސަނަމް ބޭންޑްގެނެސްފައިވަނީ
ރާއްޖޭގެ ގިނަ އަންހެން ކުދިންގެ އެދުމުގެ މަތިންކަމުގައި ނައިބްރައީސްވަނީ
ޓްވީޓްކުރައްވާފައިއެވެ. އަދި މިއީ މިނިވަން ފަންސާހުގައި ޒުވާނުންނަށް ދެއްވި
ހަދިޔާއެއްގެ ގޮތުގައި ނައިބްރައީސްވަނީ ސިފަކުރައްވާފައިއެވެ. މި ޝޯ ނިންމާލާފައިވަނީ ހަވާ އެރުވުމާއެކުއެވެ.