ކުޅިވަރު

12 މިލިއަން ރުފިޔާއަށް، 9 ނުވަތަ 15 މެޑަލް އައިއޯޖީގައި ހޯދިދާނެ


12 މިލިއަން ރުފިޔާއަށް 9 ނުވަތަ 15 ރަން މެޑަލް ހޯދޭނެކަމަށް
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ބުނެފިއެވެ.

އެކޮމެޓީގެ ޖެނެރަލް ސެކެޓްރީ
އަހުމަދު މަރުޒޫޤް ވިދާޅުވީ މިއަހަރު ފެށުނީއްސުރެ އިންޑިއަން އޯޝަން އައިލެންޑް
ގޭމްސްއަށް ތައްޔާރުވުމަށް އެސޯސިއޭޝަންތަކުން މަސައްކަތް ފަށާފައިވާކަމަށާއި، ޚާއްސަކޮށް މެޑަލްއަށް ޓާގެޓްކޮށްގެން ކުޅިވަރުތަކުން މަސައްކަތް ކުރަމުންދިޔަކަން
ފާހަގަކޮށްލެވޭކަމަށެވެ. ސޯޅަ މިލިއަން ރުފިޔާގެ ތެރެއިން ބާރަ މިލިއަން
ރުފިޔާއަކީ ސަރުކާރުން ހަމަޖައްސައިދީފައިވާ ފައިސާކަމަށްވެސް މަރުޒޫޤް
ވިދާޅުވިއެވެ.



" މިއީ ގާތްގަނޑަކަށް މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި މުޅިއަކު
ލިބުނު ވަރަށް ވުރެއްވެސް ބޮޑު އަދަދެއް. އެހެންވީމަ ބާރަ މިލިއަނަށް ވާވަރަށް
މެޑަލް ގެންނަން ތައްޔާރުވެފަ މިހާރު އޮތީ. ކުރުކޮށް ދަންނަވާނަމަ ޓީމް މޯލްޑިވްސް
ދިވެހިން އުފާކޮށްދޭ ހިތްހަމަޖައްސައިދޭން ތައްޔާރޭ އަޅުގަނޑަށް ބުނެވޭނީ.
ސަރުކާރުން ތަމްރީންތަކާ، ދަތުރުތަކާ، އެކޮމަޑޭޝަންގެ ކަންކަމަށް ބާރަ މިލިއަން
ރުފިޔާވަނީ ދެއްވާފަ." މަރުޒޫޤް ވިދާޅުވިއެވެ.



މަރުޒޫޤް އިތުރަށް ވިދާޅުވީ މިއީ ގޭމްސްއަކަށް ރާއްޖޭގެ ޓީމްތަކުން އެންމެ
ފުރިހަމައަށް ތައްޔާރުވި އެއް ގޭމްސްކަމަށާއި އަދި މިހާރު ރާއްޖޭގެ ޓީމްތަކުން
ބޭރުގެ މުބާރާތްތަކުގައި ހޯދަމުންދާ ނަތީޖާތަކުންވެސް ރާއްޖޭގެ ޓީމްތައް
މިމުބާރާތަށް ތައްރާތުވެފައިވާ މިންވަރު ވަރަށް ރަނގަޅަށް އެނގިގެން
ހިގައްޖެކަމަށެވެ.