ޚަބަރު

ދިރާގުޕޭގެ މާޗެންޓް ޓްރާންސެކްޝަން ފީ ކަނޑަލައިފި


ދިރާގު ޕޭއަށް ވިޔަފާރިވެރިން ދައްކަންޖެހޭ ފީ ނުވަތަ މާޗެންޓް ޓްރާންސެކްޝަން ފީ ނެގުން ތިން މަސް ދުވަހަށް ހުއްޓާލައިފިއެވެ.

ދިރާގުން ވިދާޅުވީ، ގިނަ ވިޔަފާރިތަކުން ދިރާގުޕޭ ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށާ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން "މާޗެންޓް ޓްރާންސެކްޝަން" ފީ ނެގުން ތިން މަސްދުވަހަށް ހުއްޓާލާފައިވާ ކަމަށެވެ.

އެމުއްދަތުގެތެރޭގައި އަލަށް ދިރާގުޕޭ އާ ގުޅޭ ވިޔަފާރިތަކުގެ ފީވެސް ތިން މަސް ދުވަހަށް ނުނަގާނެ ކަމަށް ދިރާގުން މައުލޫމަތުދެއްވައެވެ. ކޯވިޑް-19އިން ރައްކާތެރިވާން މަސައްކަތް ކުރާއިރު ވިޔަފާރީގެ މުއާމަލާތުގައި ނަގުދު ފައިސާއާއ ކޭޝްކާޑް ބޭނުން ކުރުމަކީ ރައްކާތެރި ގޮތެއް ނޫންކަން ދިރާގުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާ ކުރެވޭނެއެވެ. ދިރާގު ޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 260އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރެއެވެ.