ކުޅިވަރު

އެޑިޑާސްއިން މުޅިންއާ ފުޓްބޯޅަ ބޫޓްތަކެއް މާކެޓަށް ތަޢާރަފްކޮށްފި


އެޑިޑާސްއިން މާކެޓަށް މުޅިންއާ ފުޓްބޯޅަ ބޫޓްތަކެއް
ތަޢަރަފްކޮށްފިއެވެ. ސޮނީ ސްޕޯޓްސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
މި ބޫޓްތައް ތަޢާރަފް ކޮށްދިނީ ޤައުމީ ފުޓްބޯޅަ ޓީމްގެ ތިން ކުޅުންތެރިން ކަމަށްވާ
މުޙައްމަދު އުމައިރާއި، އަކްރަމް ޢަބްދުލްޣަނީއާއި އަސަދުﷲ ޢަބްދުﷲއެވެ. 

އެޑިޑާސްގެ މި
ތިން ފުޓްބޯޅަ ބޫޓަކީ "އެކްސް" ، "އޭސް" އަދި "މެސީ"ގެ ނަމުން ނަންދީފައިވާ ތިން ބޫޓެވެ. މިބޫޓްތަތަކަކީ އެޑިޑާސްއިން އުފައްދަމުން އައި ކުރީގެ ފުޓްބޯޅަ ބޫޓްތަކުގެ
ބަދަލުގައި ތަޢާރަފްކުރި ބޫޓްތަކެކެވެ. މީގެތެރއިން "އޭސް"އަކީ ކުޅުވާ
މީހާ ނުވަތަ ޕްލޭމޭކާއަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ބޫޓެކެވެ. "އެކްސް"އަކީ ނަތީޖާ ބަދަލުކުރާ މީހާ ނުވަތަ ފޯވާޑުންނަށް ޚާއްސަކޮށްގެން
ފަރުމާކޮށްފައިވާ ބޫޓެކެވެ. "މެސީ"ގެ ނަމުން ނަންދީފައިވާ ބޫޓަކީ
ފަސޭހަމަކާއެކު އަވަސް ޙަރަކާތް ކުރުމަށް އެހީތެރިވެދޭ ބޫޓެކެވެ. 

 އެހެންމެ މި
ބޫޓްގައި ބޭނުންކޮށްފައިވާ މެޓީރިއަލްސްގެ ސަބަބުން ބޫޓް ރަނގަޅަށް ބިންމަތީގައި
ހަރުލުމާއި ބޫޓް ފަޔަށް ރަނގަޅަށް ފިޓްކޮށްދޭ ބޫޓެކެވެ. ސޮނީ ސްޕޯޓްސްއިން
މަޢުލޫމާތުދެއްވާ ގޮތުގައި ފުޓްބޯޅަ ކުޅުމަށް މީގެފަހުން އެޑިޑާސްއިން ދެން
އުފައްދާނީ މި ތިން ވައްތަރުގެ ބޫޓެވެ. މާކެޓަށް މުޅިން އަލަށް ތަޢާރަފްކުރި މި
ތިން ވައްތަރުގެ ބޫޓް މާދަމާއިން ފެށިގެން ސޮނީ ސްޕޯޓްސްގެ ފިހާރަތަކުން ލިބެން
ހުންނާނެ ކަމަށް ސޮނީ ސްޕޯޓްސްއިން މަޢުލޫމާތު ދެއްވައެވެ. ސޮނީ ސްޕޯޓްސްއިން މިބޫޓް
ބޭނުންކޮށް ފުޓްބޯޅަ ކުޅޭ މީހުންނަށް ޚާއްސަ ޕްރޮމޯޝަނެއް ކުރިޔަށް
ގެންދިއުމަށްވެސް ވަނީ ނިންމާފައެވެ.