އެތުލެޓިކްސް

ސިންތަޓިކް ޓްރެކަކުން އެތްލެޓިކްސްއަށް މެޑަލްތަކެއް ގެނެވިދާނެ


ރާއްޖޭގައި ސިންތަޓިކް
ޓްރެކެއް އެޅިއްޖެނަމަ ރާއްޖޭގެ ޤައުމީ އެތްލެޓިކްސް ޓީމުން މިހާރު
ގެންނަ ނަތީޖާއަށް ވުރެ މާރަނގަޅު ނަތީޖާތަކެއް ގެނެވޭނެކަމަށް އެތްލެޓިސް
އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ. ތޮލާލް ވިދާޅުވީ
އެތްލެޓިކްސްއަކީ ޓައިމިންގ ތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ކުޅިވަރެއްކަމަށާ،
އެތްލީޓަކަށް ސިކުންތެއްގެ ތަފާތުންވެސް ވަނައެއް ނުވަތަ ގޯލްޑް މެޑަލްއެއް
ލިބިދާނެކަމަށެވެ. ރާއްޖޭގެ ދުވުންތެރިން ދުވުމަށް ހާއްސަކޮށްފައިވާ ޓްރެކް
ސަރަހައްދަކީ ހަމައެކަނި އެތްލީޓުންނަށް ޚާއްޞަ ތަނެއް ނޫންކަމަށާ އެސަރަހައްދަކީ،
މާލޭގައި ދިއުޅޭ ހުރިހާ އެންމެންވެސް ދުވުމަށާއި، ކަސްރަތު ކުރުމަށް ބޭނުންކުރާ ސަރަހައްދުކަމަށެވެ. މިގޮތަށް އެންމެންނާއެކު ދުވުންތެެރިން ދުވަންޖެހުމުން
ޓައިމިންއަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަކަމަށް ޠޮލާލް ވިދާޅުވިއެވެ. ހާއްސަކޮށް ރަނގަޅު
ޓްރެއިނިންގއެއް މާލޭގައި ކުރިއަށްގެންދަން ބަލާނަމަ، އެއީ ވަރަށް
އުނދަގޫކަމެއްކަމަށްވެސް ތޮލާލް ވިދާޅުވިއެވެ. ހުޅުމާލޭގައި ސަރުކާރުން އެޅުމަށް
ހަމަޖެހިފައިވާ ސިންތަޓިކް ޓްރެކް ޤާއިމް ކުރެވުމުން މިހުރިހާ ކަމަކަށްވެސް
ހައްލެއް ލިބިގެންދާނެކަމަށް ތޮލާލް ވިދާޅުވިއެވެ.