ކުޅިވަރު

މިނިވަން 50ގެ ހަރަކާތްތަކަށް ބައިބަލާ މުބާރާތް މެދު ކަނޑާލައިފި


މިނިވަން 50 ގެ ހަރަކާތްތަކަށް މިހާރު ކުރިއަށްދާ ބައިބަލާ މުބާރާތް މެދުކަނޑާލައިފިއެވެ. ދިމާވި މައްސަލައެއްގެ ސަބަބުންނާއި، ވިއްސާރައިގެ ސަބަބުން ދެ ރެއެއް ކުރިއަށް ނުގެންދެވި ދިއުމަށްފަހު މުބާރާތް މެދުކަނޑާލީ މިނިވަން 50 ގެ ހަރަކާތްތަކަށް ޖާގަ ދިނުމުގެ ގޮތުންކަމަށް ބައިބަލާ އެސޯސިއޭޝަނުން މައުލޫމާތުދެއްވައެވެ.

ބައިބަލާ އެސޯސިއޭޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު ވިދާޅުވީ މިމަހުގެ އަށާވީހާ ހަމައަށް ބައިބަލާ
މުބާރާތް މެދުކަނޑާލަން ޖެހުނީ ވަރަށް ގިނަ ސަބަބުތަކެއް މެދުވެރިންވެގެންކަމަށެވެ. މިދުވަސްވަރު މޫސުން ތަން ނުދިނުމާއި، މިނިވަން ފަންސާހުގެ ހަރާކާތްތަކައް ބައެއް ކްލަބްތައް ބިޒީވުމާއި، ސެކިއުރިޓީ ދިނުމަށް ފުލުހުންނަށް އުނދަގޫވުމުގެ އިތުރުން މިނިވަން
ފަންސާހުގެ މިދުވަސްވަރު މެޗްތައް ލައިވް ކުރުމަށް އުނދަގޫތަކެއް
ހުރުމަކީވެސް މުބާރާތް މެދުކަނޑާލަން ޖެހުން ސަބަބުތައްކަމަށް އަސްއަދު ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ ދެން މުބާރާތުގެ މެޗްތައް ކުރިއަށްދާނީ މިމަހުގެ އަށާވީސްވަނަ ދުވަހުގެ ރެއިން ފެށިގެންކަމަށެވެ. ބައިބަލާ މުބާރާތް
މެދު ކަނޑާލާފައިވާއިރު، މުބާރާތުގައި ދެން ކުޅުމަށް ހަމަޖެހިފައިވަނީ ދެވަނަ ބުރުގެ އެއް
މެޗާއި، ގަދަ ސޯޅައިގެ މެޗްތަކެވެ. މިމުބާރާތުގެ ޗެންޕިއަން ޓީމަށް މިފަހަރު އެއްލައްކަ ރުފިޔާ ހުށައެޅިފައެވެ.