ޚަބަރު

ޕާނާއި،ބަނަސްފަދަ ތަކެތި ލޭބަލްކުރުމުގައި ސަމާލުވުމަށް އަންގައިފި


ޕާނާއި، ބަނަސްފަދަ ތަކެތި ލޭބަލްކުރުމުގައި ބޭކަރީތަކުން ސަމާލުވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ. ފުޑް އެންޑް ޑަރަގް އޮތޯރިޓީން ބުނީ، ބައެއް ބޭކަރީތަކުން ތައްޔާރުކުރާ ޕާނާއި، ބަނަސް ފަދަ ކާބޯތަކެތީގެ ލޭބަލްގައި ތާރީޚު ލިޔެފައިވާއިރު އެއީ އުފެއްދި ނުވަތަ މުއްދަތު ހަމަވާ ތާރީޚުކަން އެނގެން ނުހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބޭކަރީތަކުން ތައްޔާރުކުރާ ޕާނާއި، ބަނަސްފަދަ ތަކެތީގެ ލޭބަލްގައި ތާރީޚު ލިޔެފައިވާގޮތުން އާންމުންނަށް އޮޅުން އަރަމުންދާކަން އެއޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ. މިކަމަކީ އާންމު ސިއްޙަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކަށްވާތީ ކާބޯތަކެތި އުފައްދާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށްވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދެއެވެ. މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމާބެހޭ ޤަވާއިދުގައި ބުނެފައިވާގޮތުން ބަންދުކޮށްފައިވާ ކާބޯތަކެތި ވިއްކުމަށް ބަހައްޓަންވާނީ އެއެއްޗެއް އުފެއްދި ތާރީޚު އަދި މުއްދަތު ހަމަވާ ތާރީޚުގެ މައުލޫމަތު މުދާ ލިބިގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށެވެ.