ޚަބަރު

ހަރަމްފުޅާއި މަސްޖިދުއްނަބަވީވެސް ވަގުތީގޮތުން ބަންދުކޮށްފި


މުސްލިމުންގެ އެންމެ މުޤައްދަސް ދެ ޙަރަމް ކަމަށްވާ، މައްކާގެ މަސްޖިދުލް ހަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގައިވެސް ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައި ދެމިސްކިތް ބަންދުކޮށްފިއެވެ.

ކޯވިޑް-19ގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެޅި ފިޔަވަޅެއްގެ ގޮތުން ސައުދޫ ސަރުކާރުން މީގެކުރިންވެސްވަނީ މިފަދަ ވަޅުތައް އަޅާފައެވެ. މިހާތަނަށް މަސްޖިދުލް ހަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ ފިޔަވައި އެޤައުމުގެ އެހެން ހުރިހާ މިސްކިތެއްގައި ވަނީ ވަގުތީގޮތުން ނަމާދުކުން މެދުކަނޑާލައި ހުކުރު ނަމާދުވެސް މެދުކަނޑާލާފައެވެ. މިއަދު އެޤައުމުގެ ކަމާގުޅުންހުރި އިދާރާތަކުންވަނީ މަސްޖިދުލް ހަރަމާއި، މަސްޖިދުއް ނަބަވީއަށް ޢާންމުން ވަނުން މަނާކުރައްވައި ނަމާދުކުރާ ސަރަހައްދުތައްވެސް ވަގުތީގޮތުން ބަންދުކޮށްފައެވެ.

ސަޢުދީ ޢަރަބިއްޔާގެ ސިއްޙީ އިދާރާތަކާއި ހަރަމްފުޅުތައް ބަލަހައްޓާ އިދާރާތަކުގެ އިރުޝާދާއެއްގޮތަށް ދެހަރަމަށް ވަނުމާއި ނަމާދުކުރުން ހުއްޓުވާފައި މިވަނީ އެޤައުމުގައި ކޯވިޑް-19 ފެތުރޭ ނިސްބަޔައްބަލައި އާންމުން އެއްތަނަކަށް އެއްވާމިންވަރު މަދުކުރުމުގެ ގޮތުންނެވެ.

ހަރަމްތައް ބަލައްޓާ އިދާރާއިންވަނީ މިނިންމުންތަކަށް އެޤައުމުގެ ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިނިންމުމަކީ ހަރަމްފުޅުތަކަށް އުމްރާ ކުރުމަށާއި، ނަމާދުކުރުމަށްދާ އެންމެގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި އެޅުއްވި ވިޔަވަޅެއްގެ ގޮތުންކަމަށްވަނީ ހާމަކުރައަވާފައެވެ.

ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑްނައިޓީންއަށް ސައުދީން ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރުވަނީ ދުއިސައްތަ ހަތްދިހައަށްވުރެމަތީގައެވެ.