ޚަބަރު

ހިންމަފުށީގައި މިއަދު ކުރާ ހުކުރު ނަމާދު ވަގުތު ދުރަށް ދައްކާނެ


މާލެ ސަރަހައްދުގައި މިއަދު ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވި ކަމުގައި ވީނަމަވެސް ކ ހިއްމަފުށީގައި މިއަދުކުރެވޭ ހުކުރު ނަމާދުގެ މަންޒަރާއި އަޑު ވަގުތުން ދުރަށް ފޮނުވުމަށް މިނިސްޓްރީ އޮފް އިސްލާލިކް އެފެއާޒުން ނިންމަވައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، ކ ހިއްމަފުށީ މަސްޖިދުލް ޒިކުރާގައި މިއަދު ކުރެވޭ ހުކުރު ނަމާދު ވަގުތުން ދުރަށް ފޮނުވާނީ ޕީއެސްއެމް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ގުޅިގެން ކަމަށެވެ. އަދި ހުކުރު ނަމާދުގެ ގެ ލައިވްފީޑް ރާއްޖޭގެ އެހެން ބްރޯޑްކާސްޓަރުންނަށްވެސް ޕީއެސްއެމުން ދޫކުރާނެއެވެ.

ކ ހިއްމަފުށީ މަސްޖިދުލް ޒިކުރާގައި މިއަދު އިމާމުވެ ހުކުރު ކުރައްވާނީ އައްޝައިޚް ނަސްރުﷲ ޢަލީއެވެ. މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ ސާފުތާހިރުކަން މި މައުޟޫއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ އެއްވެސް މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުމާއި މިއަދު ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ނިންމަވާފައެވެ. އަދި މާލެ، ވިލިގިނލި އަދި ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅުން ހުކުރު ނަމާދުގެ ބަދަލުގައި މެންދުރު ނަމާދު ވަގުތު ވަނުމުން ގޭގައި ހަތަރު ރަކުއަތް ނަމާދު ކުރުމަށް ވަނީ އަންގަވާފައެވެ.