ޚަބަރު

ފުލުހުންގެ ދައުރުފުޅާ ކުރުމަށް އާއްމުންގެ އެއްބާރުލުން ބޭނުންވޭ


ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް ފުޅަކުރުމަށް ކައުންސިލްތަކުން ލުއިފަސޭހަގޮތްތަށް ފަހިކޮށްދެއްވުމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު އެދިވަޑައިގެންފިއެވެ. ފުލުހުންގެ ޚިދުމަތުގައި ޑިއުޓީ އަދާކުރަމުން ގެންދަނިކޮށް ނިޔާވެފައިވާ ފުލުހުންގެ ހަނދާނުގައި ފާހަގަކުރާ  މެމޯރިއަލް ޑޭ ފާހަގަކުރުމަށް މިރޭ އިސްކަންދަރުކޮށީގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ބައެއް ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް އެރަށްރަށުގައި ފުލުހުން ޚިދުމަތް ދޭންތިބެނީ ވަރަށް ބޮޑެތި ކުލި ދައްކައިގެންކަމަށެވެ. އަދި ބައެއް ރަށްރަށުގެ ކައުންސިލްތަކުން ފުލުހުންނަށްއެއްބާރުލުން ލިބެމުން ނުދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.އެހެންކަމުން އަތޮޅުތަކުގައި ފުލުހުންދޭންޖެހޭ ޚިދުމަތް ދިނުމަށްޓަކައި، ވީހާވެސް ލުއިފަސޭހަކޮށް ޤާއިމްވެތިބުމަށް ފަހިކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރަ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ، ކޮންމެ ފުލުހަކުވެސް މަސައްކަތްކުރަންޖެހޭނީ ރަށްޔިތުން  ކުށާ ދުރުކޮށް، ކުށްކުށަށް މަގުފަހިވާ ސަބަބުތައް ދެނެގަނެ ނައްތާލުމަށްކަމަށެވެ. އެކަމަށްޓަކައި ރަށްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.