ޚަބަރު

ކޯވިޑް-19: އަނަންތަރާ ކިހާވަކުންވެސް ޝައްކުކުރެވޭ މީހަކު ފެނިއްޖެ


ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން އަނަންތަރާ ކިހާވަކުން މީހަކު އެކަހެރިކޮށްފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ވިދާޅުވީ ވައިރަސްގެ އަލާމާތްތައް ހުރިކަމަށް ޝައްކުކުރެވިގެން ހޯމް ކަރަންޓީންގައި ހުރުމަށް އަންގާފައިވަނީ ބިދޭސީއެއްކަމަށެވެ. އަދި ޝައްކުކުރެވޭ ޢަލާމާތްތައް ހުރި މީހަކު ފެނުމާއި ގުޅިގެން އެރަށް މިހާރުވަނީ އުސޫލުތަކުގެ މަތިން މޮނީޓަރިންގއަށް ލާފައެވެ.

އަނަންތަރާ ކިހާވަކުން ވައިރަސްއަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި މީހަކު ފެނިފައިވާއިރު އަނަންތަރާ ދިގު ރަށުން 2 މީހުންވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.